-Advertisement-

-Advertisement-

ދެ ޤައުމަކަށް ޢައްޔަން ކުރާ ސަފީރުންނަށް ރުހުން ދިނުމަށް ކޮމެޓީން ފާސްކޮށްފި

މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މިޖިލިހުގެ ބައްދަލުވުން - ފޮޓޯ/ މަޖިލިސް

ދެ ޤައުމަކަށް ރާއްޖެއިން އައްޔަން ކުރާ ސަފީރުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔަ ރައްޔިތުންގެ މަޖިލިހަށް ނަން ފޮނުއްވި ދެ ބޭފުޅަކަށް ރުހުން ދިނުމަށް ކޮމެޓީން ފާސްކޮފިއެވެ.

މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ވަނީ ތުރުކީއަށް ރާއްޖެއިން ކަނޑައަޅާ ސަފީރަކަށް ރިޓަޔާޑް ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް އައްޔަނުކުރުމަށާއި ސައުދީ އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރު، އެ މަގާމުގެ ބަދަލުގައި ޕާކިސްތާނަށް ކަނޑައަޅާ ސަފީރުގެ ގޮތުގައި އައްޔަނުކުރުމާ ގުޅިގެން މަޝްވަރާކޮށްފައެވެ.

އެގޮތުން ނަން ހުށަހެޅުއްވި ދެ ބޭފުޅުންނަށް ރުހުން ދޭން ފެންނަތޯ ވަކިވަކިން އެހި ވޯޓުގައިވަނީ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެން ގޮތަށް ދެ ޤައުމަށްވެސް ޢައްޔަން ކުރުމަށް  ރުހުން ދިނުމަށް ފާސްކޮށްފައި ވަނީ ކޮމެޓީގައި ބައިވެރިވެ ވަޑައިގެން ހުރިހާ މެމްބަރުންގެ އިއްތިފާޤުންނެވެ.

މި ދެ ބޭފުޅުންނަށް ރުހުން ހޯދުމުގެ މައްސަލަ ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. އެ މައްސަލަ ކޮމިޓީއަށް ފޮނުވީ މި މަހުގެ 4 ގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-