އިސްރާއީލުން ޣައްޒާގައި މިހާރު ހިންގަމުން އެދަނީ އިންސާނީ ނަސްލު ނައްތާލުމުގެ ޤަތުލު ޢާންމެއް ކަމަށާއި އެއީ ހަނގުރާމއެއް ނޫން ކަމުގައި ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެން އެންމެ ފަހުން ހަނގުރަމަ ހުއްޓާލުމަށް ހުށަހެޅި މަގު ޗާޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޕޫޓިން ވަނީ، ފަލަސްތީނަށް ހަނޑުލާއި ހަކުރު އަދި ފުއް ބަސްތާތަކެއް ދިނުމަކުން ހަނގުރާމަ ހުއްޓުނީ ނޫން ކަމުގައި ވިދާޅުވެފައެވެ.
މީގެ އިތުރުން އެމެރިކާއާއި ސުލްޙަ ނުވާ ކަމެއްގައި ސުލްހަވުން ނޯންނާނެކަމަށް ވިދާޅުވެ ޕޫޓިން ވިދާޅުވީ، އެމެރިކާ ފިޔަވައި ހަނގުރާމައަށް ލޯބިކުރާ ބަޔަކު ދުނިޔޭގައި ނެތް ކަމުގައެވެ.
އަދި ރަޝިއާ އަކީ އެއްވެސް އިރެއްގައި އެއްވެސް ޒާތެއްގެ ޓެރަރިސްޓް ހަރަކާތަކަށް ތާއީދުކުރާނެ ގައުމެއް ނޫންކަމުގައި ވެސް ޕޫޓިން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުންވެސް ޕުޓިން ވިދާޅުވީ، ފަލަސްޠީނުގެ މިނިވަންކަމަށް އަބަދުވެސް ރަޝިޔާއިން އަދު އުފުލާނެކަމަށެވެ.
އަދި ޣާޒާގެ ހަނގުރާމް ނުހުއްޓިފައި ވަނީ އެމެރިކާގެ ސަބަބުން ކަމުގައި ސިފަކޮށް ޕޫޓިން ވިދާޅުވީ، ފަލަސްތީން މިނިވަންކޮށް ދައުލަތެއްގެ ބާރުދިނުމަށް އދ އިން މަސައްކަތް ފަށަންޖެހިފައި އޮތް ވަގުތު ފާއިތުވަމުންދާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ފަލަސްތީންގެ މިނިވަން ދައުލަތަކަށް ރަޝިއާ ތާއީދުކުރުމުގެ އިތުރުން އަމިއްލަ ހައިސިއްޔަތުން ވަކާލާތުވެސް ކުރައްވާނެ ކަމަށެވެ.
ޣާޒާގައި ހަމަލާތައް ކުރިއަށް ދާއިރު، އެކަން ހުއްޓުމަކަށް ގެނެވޭތޯ ބާއްވާ މަޝްވަރާތައް ވެސް ކުރިއަށްދެ އެވެ. ހަމާސް އާއި އިޒްރޭލު އެއްބަސްވުމަކަށް ގެނެސް، މިހާތަނަށް 37،000 މީހަކު ޝަހީދުވެފައިވާ ހަމަލާތައް ހުއްޓުމަކަށް ގެންނަން ގަތަރާއި އެމެރިކާ އާއި މިސްރުން އެތައް މަސައްކަތެއް ވަނީ މިހާތަނަށް ކޮށްފަ އެވެ. ހަމަލާތައް ހުއްޓުމަކަށް ގެނައުމުގެ އިތުރުން ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލު މީހުން މިނިވަންކުރުން ވެސް މި މަޝްވަރާގެ ތެރޭގައި ހިމެނެއެވެ.
މީގެ ހަ މަސް ކުރިން ގާޒާގައި ޔަހޫދީ ފައުޖުން ފެށި އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު މިހާރު ވަނީ 37,086އަށް އުފުލިފަ އެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ.
އަދި, ޒަހަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 83,074އަށް އުފުލިފަ އެވެ. އދ. އިން ބުނީ, ގާޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ އަދަދު ވަނީ މިލިޔަނަކަށް އުފުލިފައިއެވެ.