-Advertisement-

-Advertisement-

ޔޫރޯ 2024 ފުޓްބޯޅަ މުބާރާތާ ގުޅިގެން އެސްޓިއޯއިން އަގު ހުރި އިނާމު ލިބޭ ޕްރޮމޯޝަނެއް ކުރިއަށް ގެންދަނީ

ފޮޓޯ: ސަންއޮންލައިން

ޔޫރޯ 2024 ފުޓްބޯޅަ މުބާރާތާ ގުޅިގެން އެސްޓީއޯ ޔޫރޯ ފޯރި 2024 ގެ ނަމުގައި އަގު ހުރި އިނާމު ލިބޭ ޕްރޮމޯޝަނެއް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ފަށައިފިއެވެ.

އެސްޓީއޯ އިން ބުނީ، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ މައި ފިހާރަ އަދި އަތޮޅު ތެރޭގެ ފިހާރަތަކުގައި މި ޕްރޮމީޝަން ކުރިއަށް ދާނެ ކަމަށެވެ.

މިއަދުން ފެށިގެން އަންނަ މަހުގެ 14 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ފިލިޕްސް ބްރޭންޑްގެ ޓީވީ, ހޯމް ތިއޭޓާ ސިސްޓަމް, ހެޑްފޯން ގެ އިތުރުން ބޮކްސްލައިޓް ބްރޭންޑްގެ ޕްރޮޖެކްޓާ އަށް 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެކަމަށް އެސްޓިއޯއިން ބުނެފައިވެއެވެ.

މީގެއިތުރުން، އެސްޓީއޯގެ ފިހާރަތަކުން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށާއި  ގުރުއަތުން ހޮވޭ ފަރާތަކަށް 50,000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އަންނަ ހޮނިހިރު ދުވަހު ޖާމަނީގައި ފަށާ ޔޫރޯ 2024 ފުޓްބޯޅަ މުބާރާތާ ގުޅުވައިގެން ކުރިއަށްގެންދާ އިތުރު ހަރާކަތްތަކުގެ ތެރޭގައި އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފޭސްބުކް ޕޭޖްގައި ކޮންމެ މެޗެއްގެ ނަތީޖާ ދިމާ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ގްރޫޕް ސްޓޭޖުން އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް ހޯމް ތިއޭޓާ ސިސްޓަމެއް ދޭނެ ކަމަށާއި ދެވަނަ ބުރުން އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް 32 އިންޗީގެ ޓީވީއަކާއި ހޯމް ތިއޭޓާ ސިސްޓަމެއް ދޭނެ ކަމަށް އެސްޓީއޯ އިން ބުނެފައިވެއެވެ.

މީގެއިތުރުން ކުއާޓަރ ފައިނަލުން އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް 43 އިންޗީގެ ޓީވީއަކާއި ހޯމް ތިއޭޓާ ސިސްޓަމެއް ދޭން އަދި ފައިނަލް މެޗްގެ ނަތީޖާ ދިމާކުރާ ފަރާތަކަށް 65 އިންޗީގެ ޓީވީއެއް ދިނުމަށް ހަމަޖެހިފައިވާއިރު، ޕޮއިންޓް އެއްބަރުވެއްޖެނަމަ ގުރުއަތުން އިނާމު ލިބޭ ފަރާތެއް ހޮވާނީކަމަށް އެސްޓިއޯއިން ބުނެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-