-Advertisement-

-Advertisement-

ޙައްޖުވެރިން މިނާއަށް ދަތުރު ފަށައިފި

ފޮޓޯ: ސައުދީ ޕްރެސް އޭޖެންސީ

މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަަކައި މައްކާއަށް ދަތުރުކުރި ހުރިހާ ޙައްޖުވެރިން, އެ އަޅުކަން ފެށުމަށްޓަކައި މިނާއަށް ދަތުރުކުރަން ފަށައިފިއެވެ.

މައްކާގެ މަސްޖިދުލް ޙަރާމްއާއި ގާތްގަނޑަކަށް 7 ކިލޯމީޓަރު ދުރުގައި އޮންނަ މިނާގެ ޓެންޓުތަކަށް ޙައްޖުވެރިން ދަތުރުކުރަން ފައްޓާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގައެވެ. ޛުލްޙިއްޖާމަހުގެ 8 ވަނަ ދުވަސް ކަމުގައިވާ ހުކުރު ދުވަސް މިނާގައި ހޭދަކުރުމާއެކު ޙައްޖުގެ އަޅުކަން ފެއްޓިގެންދާނެއެވެ.  އެއަށްފަހު ޖެހިގެން އަންނަ އަރަފާތު ދުވަހު އަރަފާތު ބިމަށް ދިޔުމަށް ޙައްޖުވެރިން ދަތުރުކުރަން ފައްޓާނެއެވެ.

ޙައްޖުދުވަސްވަރު ޙައްޖުވެރިންނަށް އެއްވެސް ދަތިތަކެއް ނުވާނޭހެން ހުރިހާ އިންތިޒާމްތަކެއް ހަމަޖެއްސުމަށް ސައުދީ އަރަބިއްޔާގެ ސަރުކާރުންވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އެގޮތުން ގަދަހޫނުން ޙައްޖުވެރިން ސަލާމަތްކުރުމަށް ޚާއްސަ ކެމިކަލެއް އެކުލެވިގެންވާ ކޯޓިންއެއް އަރަފާތު ބިމުގައި އެޅުމާއި, ޙައްޖުވެރިންނަށް ފެން ދިނުމަށް ޚާއްސަކޮށްފައިވާ 2000 މުވައްޒަފުން ހަމަޖެއްސުން ހިމެނެއެވެ.

މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދަތުރުކުރި ހުރިހާ ޙައްޖުވެރިންވެސްވަނީ މިހާރު މިނާއަށް ދަތުރުކޮށްފައެވެ. ދިވެހި ޙައްޖުވެރިންގެ 24 ބަސް މައްކާގެ ހޮޓަލުން މިނާއަށް ދަތުރުކޮށްފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-