-Advertisement-

-Advertisement-

ޙައްޖުވެރިން އަރަފާތު ބިމުގައި: ހޫނުމިން 46 ޑިގްރީ

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި މައްކާއަށް ދަތުރުކުރި ޙައްޖުވެރިން އަރަފާތު ބިމަށް ދަތުރު ކޮށްފިއެވެ.

ހުކުރު ދުވަހުގެ ރެއިން ފެށިގެން މައްކާގެ މިނާއިން އަރަފާތަށް ދަތުރުކޮށްފައިވަނީ ޙައްޖުގައި ހިމެނޭ އެންމެ މުހިންމު އަޅުކަން އަދާކުރުމަށްޓަކައެވެ. އަރަފާތު ބިމަކީ މައްކާގެ މަސްޖިދުލް ޙަރާމާއި ގާތްގަނޑަކަށް 20 ކިލޯމީޓަރު ދުރުގައި އޮންނަ ބިމެކެވެ.

މި ބިމަށް ދަތުރުކުރުމަށް ފަހު މިއަދުގެ މެންދުރު ނަމާދާއި ޢަސްރު ނަމާދު ޖަމްޢުކޮށް ކުރާނެއެވެ. އަދި އަރަފާތު ދުވަހުގައި އަރަފާތު ބިމުގައި ހުންނަ މިސްކިތް ކަމުގައިވާ ނަމިރާ މިސްކިތުގައި ޙައްޖު ޚުތުބާ ދޭނެއެވެ. މި އަހަރުގެ ޙައްޖު ޚުތުބާ ދޭން ހަމަޖައްސަފައިވަނީ މަސްޖިދުލް ޙަރާމްގެ އިމާމެއް ކަމަށްވާ މާހިރު އަލް މުއައިޤްލީއެވެ.

ޙައްޖުގެ އަޅުކަން އަދާކުރުމަށް ދަތުރުކުރި 1.5 މީހުންގެ އިތުރުން ސައުދީ ޢަރަބިއްޔާއިން ޙައްޖުކުރާ މީހުން ހިމަނައިގެން ޖުމްލަ 2 މިލިއަން މީހުން މިވަގުތު އަރަފާތު ބިމުގައި ތިބިއިރު, މިއަދު އެބިމުގެ ހޫނުމިން ހުރީ 46 ޑިގްރީގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-