ޔޫރޯ 2024 މުބާރާތުގައި ފްރާންސް ކުޅުނު މެޗުން އޮސްޓިއާ އަތުން 1-0 ގެ ނަތީއްޖައަކުން މޮޅުވެއްޖެއެވެ.
ހޯމަ ދުވަހުގެ ރޭ ކުޅުނު ގްރޫޕް ޑީގެ މެޗުން ފްރާންސަށް އެހާ ރަނގަޅު ކުޅުމެއް ދެއްކިފައި ނުވެއެވެ. ފްރާންސް ޓީމަށް މި ޖެހުނު މެޗުގެ ގޯލަކީ އޮސްޓްރިއާ ޓީމުގެ ޑިފެންޑަރު މެކްސް ވޮބާ އަތުން ބައިކޮޅަށް ޖެހުނު ގޯލެކެވެ.
ފާއިތުވި 16 މެޗުގެ ތެރެއިން އެންމެ މެޗެއް ބަލިވި އޮސްޓްރިއާ ޓީމުންވެސް މި މެޗުގައި ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް އުފައްދާފައިވެއެވެ. އެހެން ނަމަވެސް އެޓީމުގެ ފޯވާޑުންނަށް އެ ފުރުސަތު ތަކުގެ ބޭނުން ހިފިފައިނުވެއެވެ.
މި މެޗުގައި ފްރާންސްގެ ތަރި އެމްބާޕޭގެ ނޭފަތް ބިންދައިގެން ގޮސް ވަރަށް ބޮޑަށް އަނިޔާވެފައިވެއެވެ.