-Advertisement-

-Advertisement-

މޯލްޑިވްސް ފުޑް ކާނިވަލްގެ އެކްސްކުލޫސިވް ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފި

ފޮޓޯ: ދިރާގު

ދިރާގުން މޯލްޑިވްސް ފުޑް ކާނިވަލްގެ އެކްސްކުލޫސިވް ޑިޖިޓަލް ޕާޓްނަރުގެ ގޮތުގައި ސޮއިކޮށްފިއެވެ.

އަންނަ މަހުގެ ތިނަކުން ހަތް ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ މޯލްޑިވްސް ފުޑް ކާނިވަލް އަކީ ކުލަގަދަ ފެސްޓިވަލްއަކަށް ހެދުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި މިއީ މި ކާނިވަލްގެ ދެވަނަ އެޑިޝަން ކަމަށް އެކުންފުނިން ބުނެފައިވެއެވެ.

ދިރާގުން ބުނެފައިވާ ގޮތުގައި މި އިވެންޓުން ކުދި ވިޔަފާރިތަކާއި މަޝްހޫރު ކާބޯތަކެތީގެ ވިޔަފާރިތަކުގެ އިތުރުން ދިވެހި ހޯމް ބޭސްޑް ވިޔަފާރިތައް އެއްތަނަކަށް ގެނެސް، އެ ފަރާތްތަކުގެ ހުށަހެޅުންތައް އާންމުންނަށް ދައްކާލުމުގެ ފުރުސަތު ލިބޭނެ ކަމަށާއި މި އިވެންޓްގެ ތެރެއިން ކާބޯތަކެތީގެ ތަފާތު ސްޓޯލްތައް ފެންނާނެ ކަމަށާއި ތަފާތު ގޭމްތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ވެސް މި ފެސްޓިވަލުން ފެންނާނެ ކަމަށެވެ.

މީގެ އިތުރުން މި އިވެންޓަކީ ކުދި ވިޔަފާރިތަކާއި މަޝްހޫރު ކާބޯތަކެތީގެ ވިޔަފާރިތަކުގެ އިތުރުން ދިވެހި ހޯމް ބޭސްޑް ވިޔަފާރިތައް އެއްތަނަކަށް ގެނެސް، އެ ފަރާތްތަކުގެ ހުށަހެޅުންތައް އާންމުންނަށް ދައްކާލެވިގެންދާނެ އިވެންޓެއް ކަމަށް ވެސް ދިރާގުން ބުނެފައިވެއެވެ

މޯލްޑިވްސް ފުޑް ކާނިވަލްގެ އެކްސްކުލޫސިވް ޑިޖިޓަލް ޕާޓްނަރަކަށް ވުމާއި ގުޅިގެން ދިރާގުގެ ޕަބްލިކް ރިލޭޝަންސްގެ މެނޭޖަރު ޖައިޝަން ހަމީދު ވިދާޅުވީ މިއަހަރުވެސް ފުޑް ކާނިވަލްގެ ޕާޓްނަރަކަށްވެ އާންމުންނާ ހަމައަށް ގެނެސްދިނުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

“މި ކާނިވަލްގައި ދިވެހި އަދި ބައިނަލްއަގުވާމީ ތަފާތު ކާބޯތަކެތީގެ އިތުރުން އާޓްސް އެންޑް ކްރާފްޓް. ކުޅިވަރު އަދި މުނިފޫހިފިލުވުމުގެ ސްޓޯލްތައް ހިމެނިގެންދާނެ. މިއީ އާއިލާއާއި ރައްޓެހިންނާއެކު ތަފާތު ތަޖުރިބާއެއް ކޮށްލުމަށް ލިބޭ ރަނުގެ ފުރުސަތެއް،” އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް އިތުރު ފުރުސަތުތައް މަގުފަހިކޮށްދޭ ފަދަ ތަފާތު އިޖްތިމާއީ ހަރަކާތްތަކަށް އެއްބާރުލުން ދިނުމަށް ކަމަށް ވެސް ދިރާގުން ބުނެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-