-Advertisement-

-Advertisement-

ފީފާ އިން އެފްއޭއެމްގެ ރައީސް ބައްސާމް ސަސްޕެންޑްކޮށްފި

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް /ފޮޓޯ: އަވަސް

ފީފާ އިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް ސަސްޕެންޑްކޮށްފި އެވެ.

ފީފާ އިން އެފްއޭއެމް ގެ ރައީސް ބައްސާމް ނުވަ މަސް ދުވަހަށް ސަސްޕެންޑް ކުރުމަށްފަހު މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބައްސާމް ސަސްޕެންޑް ކޮށްފައިވަނީ ރާއްޖޭގެ ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ އޮފީސް) އިން ކުރަމުން އަންނަ ތަހުގީގުގެ ކަންކަމަށް ބަލުމަށްފަހު ފީފާގެ އިންވެސްޓިގޭޓަރީ ޗެމްބަރުން ބައްސާމް ސަސްޕެންޑް ކުރުމަށް ނިންމުމުން ކަމަށެވެ.

އެ ގޮތުން، ބައްސާމް އާއި ދެކޮޅަށް ޕީޖީ އޮފީހުން ކުރަމުން އަންނަ ތަހުގީގުގެ ތެރޭގައި 22 އޮކްޓޫބަރު 2023 ގައި އެފްއޭއެމް ހައުސް ބަލައި ފާސްކުރުމުގެ ތެރޭގައި މަނީ ލޯންޑަރިންނާއި ކޮރަޕްޝަންގެ އިތުރުން އެފްއޭއެމަށް ލިބޭ ފައިސާގެ ބޭނުން ނަހަމަ ގޮތުގައި ކޮށްފައިވާ ކަމުގެ ހެކި ފެނުން ހިމެނެއެވެ.

ފީފާގެ ފީފާގެ އިންވެސްޓިގޭޓަރީ ޗެމްބަރުން ބެލި ބެލުމުގައި ބައްސާމް އެފްއޭއެމްގެ އެންމެ އިސްވެރިއެއްގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ހަދިޔާ ހޯދުމާއި ރާއްޖެ އަށް ލިބޭ ފަންޑް/ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކަންތައްތަކެއް ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާތީވެ ފީފާއިން ވަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ނިންމައިފަ އެވެ.

ބައްސާމްގެ މި ސަސްޕެންޝަންގެ ދުވަސް ގުނަން ފަށާފައިވާކަން ފީފާއިން ބައްސާމް އަށް މިއަދު އަންގާފައިވާއިރު، ބައްސާމްގެ މައްޗަށް ޕީޖީ އޮފީހުން އުފުލީ ހިޔާނާތާއި ލޯންޑަރިންގެ ދައުވާގެ މައްސަލަ ނިމެންދެން ބައްސާމްގެ ޕާސްޕޯޓްވެސް ވަނީ ހިފަހައްޓާފައެވެ.

ފީފާއިން ވަނީ ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއްގައި ނުޅެވޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާއިރު، ބައްސާމް އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުންނަ ދެވަނަ ދައުރު އަންނަ މަހުގެ ދެވަނަ ދުވަހަށް ހަމަވާނެ އެވެ.

ބައްސާމް އެފްއޭއެމްގެ ރައީސްގެ މަގާމަށް އެންމެ ފުރަތަމަ އިންތިހާބުވީ 2016 ވަނަ އަހަރު އެވެ. ދެ ވަނަ ދައުރަކަށް 2020 ވަނަ އަހަރު އިންތިހާބު ވެފައިވާއިރު، ބައްސާމްގެ ދެ ވަނަ ދައުރު ފެށިގެން އެފްއޭއެމްގެ މާލީ ހާލަތު ވަނީ އަޑިއަޅާލައިފައެވެ.

އެގޮތުން ރާއްޖޭގެ ގިނަ ކުންފުނިތަކަކަށް އެފްއޭއެމް އިން މިލިއަނުން ދަރައިފައިވާއިރު 2021 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވިއިރު އެމުބާރާތާ ގުޅޭ ގިނަ ފައިސާތަކެއް ދައްކާފައި ނުވާއިރު ސާފުން ވަނީ އެކަމުގެ ޝަކުވާ އޭއެފްސީއާ ހަމައަށް ގެންގޮސްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-