-Advertisement-

-Advertisement-

ސައިކަލާ އެކު މޫދަށް ވެއްޓުނު މީހަކު މަރުވެއްޖެ

ފޮޓޯ : ޒުވާންމަސްވެރިޔާ

ސައިކަލާ އެކު މޫދަށް ވެއްޓުނު މީހަކު މަރުވެއްޖެއެވެ.

ހދ. ނޮޅިވަރަމުގެ ބަނދަރުން މިއަދު ސައިކަލާ އެކު މޫދަށް މީހަކު ވެއްޓިގެން އެ ރަށު ހެލްތު ސެންޓަރުގައި ފަރުވާ ދެމުން ދަނިކޮށް ރޭގެ ވަގުތެއްގައި މަރުވެއްޖެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ނޮޅިވަރަމު ބަނދަރުން ސައިކަލާ އެކު މޫދަށް މީހަކު ވެއްޓިގެން އެ ރަށު ހެލްތު ސެންޓަރުގައި ފަރުވާދެމުން އަންނަ ކަން ރޭ 21:15 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ބަނދަރުން ސައިކަލާ އެކު މޫދަށްވެއްޓިގެން މަރުވި މީހާއަކީ 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެއީ އެރަށަށް ނިސްބަތްވާ އިލްޔާސް އިބްރާހިމް ކިޔާ ޒުވާނެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

ސަން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމީހާއަކީ ބަލިމީހެއް ކަމަށާއި ބެލެވޭ ގޮތުގައި އެކްސިޑެންޓްވާން ދިމާވީ ސައިކަލު ދުއްވަމުން ދަނިކޮށް ފިޓް ޖެހުމުން ކަމަށެވެ.

މިހާދިސާ އާއި ގުޅިގެން އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމަކޮށްފައި ނުވާއިރު، މިހާދިސާ އާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-