ހަނިމާދޫ ގެޔެއްގައި ކުއްޔަށް އުޅޭ މީހަކު ކޮޓަރީގައި މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ، އުމުރުން 64 އަހަރުގެ އެ މީހާ ރޭ ކޮޓަރިއަށް ވަނތް ގޮތަށް ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ.
އަދި ފުލުހުން އެ ގެޔަށް ގޮސް ކޮޓަރިއަށް ވަނތް އިރު އެނދުމަތީގައި އެއްވެސް ހަރަކާތެއް ނެތި އޭނާ އޮތް ކަމަށާއި އެރަށު ސިއްހީ މަރުކަޒަށް އޭނާ ގެންދިޔަ އިރުވެސް މަރުވެފައިވާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
އަދި އެއީ ދިވެހި ފިރިހެނެއްކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަޙުގީގު ކުރަމުންނެވެ.