ވިނަރެސް ފްލެޓަށް ކުރިމަތިލާން އެޗްޑީސީގެ ނަމުގައި ލިންކެއް މެސެޖެއްގެ ގޮތުގައި ފޮނުވަމުންދާތީވެ އެކަމަށް ސަމާލުވާން ފުލުހުން މިއަދު އެދެފިއެވެ.
ވިނަރެސް ފްލެޓްތަކަށް ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް އެޕްލައިކުރުމުގެ ފުރުސަތު އެޗްޑީސީއިން ހުޅުވާލާފައިވާކަމަށް ބުނެ މެސެޖް ފޮނުވަމުންދާއިރު، އެއީ ސައްޙަ މެސެޖެއް ނޫން ކަމަށް ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން އިތުރު މައުލޫމާތު ވެބްސައިޓުން ލިބޭނެ ކަމަށް ބުނެ، ލިންކެއް ވެސް މެސެޖުގައިވާކަމަށް ބުންޏެވެ.
އެގޮތުން ވިނަރެސް ފްލެޓަށް އެޕްލައި ކުރުމަށް އެދި ލިންކެއް މެސެޖެއްގެ ގޮތުގައި ފޮނުވާއިރު އެ ލިންކަށް ވަދެ ފޭސްބުކް އަދި އިންސްޓަގްރާމް އައިޑީތައް ހެކްކޮށް، ފްރެންޑް ލިސްޓުގައިވާ ފަރާތްތަކުގެ އަތުން ފައިސާ ހޯދަމުންދާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
https://twitter.com/PoliceMv/status/1804517038205051051?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1804517038205051051%7Ctwgr%5Ec854d9170f05789c10fb54835c60c5bfb6ed4220%7Ctwcon%5Es1_&ref_url=https%3A%2F%2Fsun.mv%2F193469ވަގު އައިޑީތަކުން ސޯޝަލް މީޑިއާ މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދަމުގެ މައްސަލަތައް ވަނީ މިފަހަކަށް އައިސް ގިނަވެފައެވެ. އެގޮތުން ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2022 ވަނަ އަހަރު ސްކޭމްގެ 1،081 މައްސަލަ ރިކޯޑު ކުރެވިފައިވާއިރު މިދިޔަ އަހަރު ރިކޯޑު ކުރެވިފައިވަނީ 971 މައްސަލައެވެ.