އިސްރާއީލުގެ އަސްކަރިއްޔާއާ ގުޅުން އޮވެދާނެކަމަށް ޝައްކުކޮށް ޖަޕާނުގެ ކިޔޯޓޯ ސިޓީގެ ހޮޓަލަކަށް އިސްރާއީލު މީހަކު ވަނުން މަނާކޮށްފިއެވެ.
އެ މައްސަލަ ތަޙުޤީޤުކޮށް ކަމާބެހޭ ފަރާތްތަކުން ހާމަކުރީ އެ މީހާގެ އޮންލައިން ބުކިން ޖަޕާނުގެ ހޮޓަލުން ކެންސަލް ކޮށްފައިވަނީ އެއްވެސް ވަރަކަށް އެކަށީގެންވާ ސަބަބެއް ނެތިކަމަށެވެ.
މި މައްސަލައާ ގުޅިގެން ޓޯކިޔޯގައި ހުންނަ ކިޔޯޑޯ ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިފަދަ އަމަލަކީ ހާއްސަ ހާލަތްތަކުގައި ނޫނީ ހޮޓަލްތަކާއި އެހެނިހެން ވަސީލަތްތަކަށް ޒިޔާރަތް ކުރާ މީހުންނަށް ޖާގަ ނުދިނުމަށް ދެކޮޅު ހަދާ ގާނޫނަކާ ހިލާފު އަމަލެއްކަމަށް ސިޓީ ސަރުކާރުން ވަނީ ހިގަޝިޔާމާ ވޯޑުގައި ހުންނަ ހޮޓެލް މެޓީރިއަލްއަށް އަންގާފައެވެ.
ޓޯކިޔޯގައި ހުންނަ އިސްރާއީލުގެ އެމްބަސީން ވެސް އެ މައްސަލައިގައި ވަނީ ހޮޓަލަށް ފާޑުކިޔައިފައެވެ.