ޔޫރޯ 2024 ގައި ސިވިޒަލެންޑާއި ދެކޮޅަށް ކުޅުނު މެޗުން ފަހު ވަގުތު ޖެހި ގޯލަކުން މެޗު އެއްވަރުކޮށް ގްރޫޕް އޭގެ އެއްވަނަ ޖާމަނީ ޓީމުން ހޯދައިފިއެވެ.
ހުކުރު ދުވަހުގެ ރޭ ކުޅުނު މި މެޗުގެ ނަތީއްޖާ އަކީ 1-1 އެވެ. ފުރަތަމަ ހާފުގެ 28 ވަނަ މިނުޓުގައި ސިވިޒަލެންޑްގެ އެންޑޯޔޭ ޖެހި ގޯލަކުން މެޗުގެ ލީޑު ނަގާފައިވަނީ ސްވިޒަލެންޑެވެ. މެޗު ނިމެން ކައިރިވެފައިވަނިިކޮށް 92 ވަނަ މިނުޓުގައި ޖަރުމަނަށް ނަތީއްޖާ ހަމަހަމަ ކޮށްދިނީ ޖާމަނީގެ ފޯވާޑް ފުލްކްރުގް އެވެ.
މި ނަތީއްޖާއާއެކު ޖަރުމަނުން ގްރޫޕް އޭގެ އެއްވަނަ މަގާމު ކަށަވަރުކޮށްފައިވާ އިރު ސްވިޒަލެންޑުން ވަނީ ދެވަނަ މަގާމު ހޯދައި ދެވަނަ ބުރަށް ކޮލިފައިވެފައެވެ.
ގްރޫޕް އޭގެ ބާކީ އޮތް ދެޓީމު ކުޅުނު މެޗުގެ ފަހު ވަގުތު ހަންގޭރީ އިން ޖެހި ލަނޑަކާއެކު ސްކޮޓްލެންޑް ނިންމާލަން ޖެހުނީ ގްރޫޕުގެ އެންމެ ފުލުގައެވެ.