-Advertisement-

-Advertisement-

ކޮޕާ އެމެރިކާ: އެމެރިކާގެ ފުރަތަމަ މެޗުން ފަސޭހަ މޮޅެއް

ކޮޕާ އެމެރިކާގެ މިއަހަރުގެ މުބާރާތުގައި އަމިއްލަ ގައުމުގައި ކުޅޭ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ފުރަތަމަ މެޗުން ބޮލީވިއާ އަތުން ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.

އާދިއްތަ ދުވަހު އެމެރިކާގެ ޓެކްސާސްގައި ކުޅުނު މި މެޗު އެމެރިކާއިން ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީއްޖާއަކުންނެވެ. މިހާތަނަށް މި މުބާރާތުގެ އެންމެ އަވަސް ގޯލު މެޗުގެ 3 ވަނަ މިނުޓުގައި ޖަހައި ޔޫއެސް އަށް ލީޑު ހޯދައިދިނީ އޭސީ މިލާންގެ ތަރި ކްރިސްޓިއަން ޕުލިސިޗް އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން އެޓީމުގެ ފޯވާޑް ފްލޮރިއަން ބަލޮގުން ގޯލެއް ޖަހައި ލީޑު ފުޅާކޮށްދީފައިވެއެވެ.

މި ނަތީއްޖާއާއެކު ގްރޫޕް ސީގެ އެއްވަނަ މަގާމުގައި އެމެރިކާ އޮތީ އުރުގުއޭ އާއި ހަމަހަމަ ކޮށެވެ. އުރުގުއޭ ކުޅުނު ފުރަތަމަ މެޗުން އުރުގުއޭ ވަނީ ޕެނަމާ 3-1 ގެ ނަތީއްޖާއަކުން މޮޅުވެފައެވެ.

އެމެރިކާއިން ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗު ކުޅޭނީ ޖޫން 27 ވަނަ ދުވަހު ޕެނަމާ އާއި ދެކޮޅަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-