-Advertisement-

-Advertisement-

ފުޓުބޯޅަތަރި ބަކާގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެނީ

ފޮޓޯ/ ބަކާ ފޭސްބްކް ޕޭޖް

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

ހައްޖުގެ އަޅުކަން އަދާ ކުރުމަށްފަހު މީގެ ދެތިން ދުވަސް ކުރިން މާލެ އައި ބަކާގެ ހާލު ގޯސްވެފައި ވަނީ ހުން އައިސް ނޭވާލާން އުނދަގޫ ވުމުންނެވެ.

އެގޮތުން ހާލު އިތުރަށް ގޯސްވެ އިއްޔެގެ ވަގުތެއްގައި އޭނާއަށް ވަނީ، އޭޑީކޭގެ އައިސީޔޫގައި ފަރުވާދޭން ފަށައިފައެވެ.

އޭޑީކޭއިން ހާމަކުރި ގޮތުގައި ބަކާއަށް ވަނީ ވެންޓިލޭޓަރުގައި ވެސް ފަރުވާ ދީފައެވެ.

ބަކާގެ ހާލަތު އަދިވެސް ރަނގަޅު ނުވާ ކަމަށްވެސް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަމަށް ބަކާ ގޮސްފައި ވަނީ ސައުދީ ރަސްގެފާނުގެ ހާއްސަ ދައުވަތުގައެވެ.

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ބަކާ ވަނީ ސާފް ޗެމްޕިއަންޝިޕް 2008ގައި ރާއްޖެއިން ފުރަތަމަ ކާމިޔާބުކުރި ޓީމުގައި ވެސް މޮޅުކުޅުމެއް ދައްކާފައެވެ.

އޭގެ ފަހުން 2018ގައި އެ ތަށި ދެވަނަ ފަހަރަށް ހޯދުމަށްވެސް އޭނާ ވަނީ މުހިންމު ރޯލެއް އަދާ ކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-