މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ނިޔާވީ ހައްޖުގެ އަޅުކަމުން އަންބުރާ އައިތާ ތިން ދުވަސް ފަހުންނެވެ.
ހައްޖެ އަޅުކަމަށްފަހު ރާއްޖެ އައިސް ބަކާ އޭޑީކޭ ހޮސްޕިޓަލްއަށް ދައްކާފައިވަނީ ޙައްޖުން އައިތަނާ ޖެހުނު ގަދަ ހުމަކަށް ފަރުވާ ހޯދުމަށެވެ. އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ހޯދަމުން ދަނިކޮށް މިއަދު ނިޔާވީ ބަކާގެ ގާތް މީހަކު ރާއްޖޭގެ ނޫހަކަށް މައުލޫމާތް ދެމުން ބުނެފައިވަނީ ބަކާގެ ފުއްޕާމޭގައި ވަރަށް ބޮޑަށް އިންފެކްޝަން އުފެދިފައިވާ ކަމަށް ހެދި ބައެއް ޓެސްޓްތަކުން ދައްކާމަށެވެ. އަދި ގައި ވަރުދޫ ވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެސްގޮސްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.
ހެލްތް މިނިސްޓްރީގެ އޮފިޝަލަކާއި ހަވާލާދީ ރާއްޖޭގެ އޮންލައިން ނިއުސް ދެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބަކާ ނިޔާވީ ރާއްޖޭގައި މިހާރު ފެނިފައިވާ މެނިންޖައިޓިސް ބަލީގައި ފަރުވާ ހޯދަމުން ދަނިކޮށްކަމަށެވެ. ނަމަވެސް މިކަން ރަސްމީކޮށް އޭޑީކޭ ހޮސްޕިޓަލައިން އަދި ހެލްތް މިނިސްޓްރީއިންވެސް އައުލާން ކޮއްފައިނުވެއެވެ.
މައްޝޫރު ފުޓުބޯޅަތަރި މުހައްމަދު އާރިފް (ބަކާ)ގެ ޖަނާޒާ އޮންނާނީ މާދަމާ ފަތިސް ނަމާދަށް ފަހު ހުޅުމާލޭގައި ކަމަށް ރިޕޯޓްކޮއްފައިވެއެވެ.