-Advertisement-

-Advertisement-

ޑެޓް މެނޭޖްމެންޓް އޮފީހެއް އުފައްދަން ހުށަހަޅައިފި

ފިނޭންސް މިނިސްޓަރ ޑރ. މުޙައްމަދު ޝަފީޤް. ފޮޓޯ: އެޑިޝަން.އެމްވީ

ޑެޓް މެނޭޖްމެންޓް އޮފީހެއް އުފައްދާ ގޮތަށް ދައުލަތުގެ ދަރަންޏާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ބިލު މަޖިލީހަށް ހުށަހެޅީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަންދޫހު، އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. މި ބިލުގައި ވަޔާންކޮށްފައިވާ ގޮތުގައި، މި ޤާނޫނަށް އަމަލުކުރާތާ 6 މަސް ދުވަހުގެ ތެރޭގައި ޑެޓް މެނޭޖްމެންޓް އޮފީހެއް މާލީ ވުޒާރާގެ ދަށުން ހިންގަން ފަށަން ވާނެއެވެ.

މާލީ ވުޒާރާގެ ދަށުން މިހާރު ހިންގާ ޑެޓް މެނޭޖްމެންޓުގެ ހުރިހާ ޒިންމާތަކާއި މުވައްޒަފުންނާއި މުދަލާއި ވަސީލަތްތަކާއި އިމްތިޔާޒުތައް ޑެޓް މެނޭޖްމެންޓް އޮފީހަށް ބަދަލުވާނެއެވެ. އަދި ޑެޓް މެނޭޖްމެންޓް އޮފީހަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ޕްރޮފެޝަނަލް ކުންފުންޔަކަށް ހެދުމަށް ވެސް މި ބިލުގައި ބުނެފައިވެއެވެ. ނަމަވެސް އެ އޮފީހުގެ ކަންކަމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާން ޖެހޭނީ މާލީ ވަޒީރުކަމަށް ބިލުގައިވެއެވެ. ދައުލަތުގެ ދަރަންޏާ ގުޅޭ މައުލޫމާތުތައް އެކްސްޓާނަލް އޮޑިޓަރެއް މެދުވެރިކޮށް އޮޑިޓެއް ހަދަން ޖެހޭނެކަމަށް ވެސް ބިލުގައިވެއެވެ.

ޑެޓް އޮފީހުގެ މަސްއޫލިއްޔަތުތައް:

  • ލޯނާއި ޓްރެޒަރީ ލޯނާއި ސޮވްރިން ގެރެންޓީ އަދި ސަބްސިޑަރީ ލޯނާ ބެހޭ މައުލޫމާތުތައް ރެކޯޑު ކުރުމާއި ބެލެހެއްޓުމާއި ރިޕޯޓު ކުރުން.
  • ދަރަނީގެ ސްޓްރެޓެޖީ އެކުލަވައިލުން.
  • ދައުލަތުން ދަރަނި ނެގުމުގެ އަހަރީ ޕްލޭން އެކުލަވައިލުން.
  • ސެކިއުރިޓީ ވިއްކުމުގެ ހުރިހާ މަސްއޫލިއްޔަތުތަކެއް އަދާކުރުން.
  • ކްރެޑިޓް ރޭޓިން އެކަށީގެންވާ މިންގަނޑެއްގައި ހިފަހައްޓަން މަސައްކަތް ކުރުން.

ދަރަނީގެ މައްސަލަތައް ހައްލު ކުރުމަށް އޮފީހެއް ހަދަން ނިންމާފައި ވަނީ، މިހާރަށް ވުރެ ހަރުދަނާ ނިޒާމެއްގެ ތެރެއިން ދަރަނި ދެއްކުމަށް މާލީ ވުޒާރާއިން މީގެ ކުރިން ވަނީ ބުނެފައެވެ. ސަރުކާރުން ޚަރަދުކުޑަކޮށް އާމްދަނީ އިތުރު ކުރުމަށް ސިޔާސަތެއް ކަނޑައަޅައި އެކަން ތަންފީޒުކުރުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-