-Advertisement-

-Advertisement-

ޔޫރޯ 2024: ގްރޫޕް އީގެ 4 ޓީމަށްވެސް 4 ޕޮއިންޓް

ގްރޫޕް އީ ގެ ފަހު މެޗުތަކުގައި ބެލްޖިއަމާއި ޔުކްރެއިން ބައްދަލުކުރި މެޗު އަދި ސްލޮވޭކިއާ އާއި ރޮމޭނިއާ ބައްދަލުކުރި މެޗުވެސް އެއްވަރު ވުމުން މި ގްރޫޕުގެ 4 ޓީމުވެސް 4 ހަމަހަމަ 4 ޕޮއިންޓާއެކު ގްރޫޕް ނިންމާލާފިއެވެ.

މި ގްރޫޕުގެ 4 ޓީމުގެ ތެރެއިން 3 ޓީމު ދެވަނަ ބުރަށް ކޮލިފައިވެފައިވާއިރު މުބާރާތުން ކަޓާފައިވަނީ ޔުކްރެއިން އެކަންޏެވެ. ގްރޫޕްގެ އެއްވަނަ ހޯދާފައިވަނީ އެންމެ ގިނަ ގޯލު ޖެހި ރޮމޭނިއާ ޓީމުންނެވެ. އަދި ދެވަނަ ބެލްޖިއަމް އިން ހޯދި އިރު, ތިންވަނާގައި ނިންމި ސްލޮވޭކިއާވެސްވަނީ ދެވަނަ ބުރަށް ކޮލިފައިވެފައެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުތަކުން ބެލްޖިއަމް އާއި ޔުކްރެއިން ބައްދަލު ކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި 0-0 ގެ ނަތީއްޖާއަކުންނެވެ. އަދި ސްލޮވޭކިއާ އަދި ރޮމޭނިއާ ބައްދަލުކުރި މެޗު ނިމިފައިވަނީ 1-1 ގެ ނަތީއްޖާއަކުންނެވެ.

މި ނަތީއްޖާ އާއެކު ޔުކްރެއިން ވެގެންދިޔައީ ޔޫރޯ މުބާރާތުގައި ގިނަ ޓީމުތައް ބައިވެރި ކުރުވަން ފެށިފަހުން 4 ޕޮއިންޓާ އެކު މުބާރާތުން ކެޓި ފުރަތަމަ ޓީމަށެވެ. މުބާރާތުގެ ދެވަނަ ބުރުގައި ބެލްޖިއަމް އިން ފްރާންސާއި ބައްދަލުކުރަން ޖެހިފައިވާއިރު ރޮމޭނިއާ ބައްދަލު ކުރާނީ ނެދަލެންޑްސްއެވެ. އަދި ސްލޮވޭކިއާ ބައްދަލު ކުރާނީ އިންގްލެންޑާއެވެ.

ޔޫރޯ 2024 ގެ ދެވަނަ ބުރުގެ މެޗުތައް ކުޅެން ފަށާނީ ޖޫން 29 ވާ ހޮނިހިރު ދުވަހުގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-