-Advertisement-

-Advertisement-

ޤަވާއިދާއި ޚިލާފަށް އުޅުނު 50 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!

ހޯމް މިނިސްޓްރީގެ އޮފިޝަލުން ބިދޭސީންގެ މައުލޫމާތު ނަގަނީ- ފޮޓޯ; ހޯމް މިނިސްޓްރީ

ޤަވާއިދާއި ޚިލާފަށް ރާއްޖެ އެތެރެވެ އުޅުނު 50 ބިދޭސީން ހޯދައި އިމިގްރޭޝަންގެ ބެލުމުގެ ދަށަން ގެންގޮއްސިއެވެ.

ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި ޤަވާއިދާއި ޚިލާފަށް އުޅުނު ބިދޭސީން ހައްޔަރުކޮށްފައި ވަނީ މާލޭގެ މާރުކޭޓް ސަރަހައްދުންނެވެ.

މާލޭގެ މާރުކޭޓް ސަރަހައްދަކީ ގިނަ އަދަދަކަށް ކޮންމެ ދުވަހަކުވެސް ބިދޭސީން ހަރަކާތްތެރިވާ ސަރަހައްދެކެވެ.
މާރުކޭޓްގެ ގޮޅިތަކުގައި ސޭޓުންގެ ގޮތުގައި ބިދޭސީން ތިބި ނަމަވެސް އެއީ މަނާކޮށްފައި އޮންނަ ކަމެކެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށްޓަކައި އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ގިނަ އޮޕަރޭޝަންތަކެއް ހިންގަމުން އަންނަ އިރު،  އިމިގްރޭޝަންގެ އަންހެން އޮފިސަރުންވެސް މިދިޔަ މެއި މަހުގެ ތެރޭގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ.

ގަވާއިދާ ހިލާފަށް އުޅުނު 50 ބިދޭސީން އިމިގްރޭޝަނާއި ހަވާލުކޮށްފައިވާއިރު، ދާހިލީ ސަލާމަތާއި ހިދުމަތްތަކާއި ބެހޭ ވުޒާރާއިން ވަނީ ރާއްޖޭގައި އުޅެމުން އަންނަ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއް ކުރުމަށް “ކުރަނގި” ނަމުގައި އޮޕަރޭޝަނެއް ވެސް ފަށާފައެވެ. މި އޮޕަރޭޝަނުގެ ތެރެއިން ކ. މާފުށިން މިހާތަނަށް 1076 ބިދޭސީންގެ މައުލޫމާތު ވަނީ ނަގާފައެވެ. އަދި ހިންމަފުށިން ވަނީ 700 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނަގާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-