-Advertisement-

-Advertisement-

މާލެ ސަރަހައްދުގައި 3 ފްލޫ ކްލިނިކެއް ހުޅުވައިފި

ފްލޫ ކްލިނިކެއްގައި ފަރުވާ ދެނީ

ހައްޖު މޫސުން ނިމި ޙައްޖާޖީން ރާއްޖެ އަންނަމުން ދާ ދުވަސްވަރުގައި ރާއްޖޭގައި ވައިރަލް ހުމާއި، ރޯގާ އިތުރުވުމާ ގުޅިގެން މާލެ ސަރަޙައްދުގައި 3 ފްލޫ ކްލިނިކެއް ގާއިމްކޮށްފިއެވެ.

އެގޮތުން ސިއްހަތާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ހައްޖުވެރިން އެނބުރި އަންނަމުންދާ ދުވަސްވަރަކަށް ވާތީ، އާންމު ސިއްހަތު ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މާލެ ސަރަހައްދުގައި މާލެ ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެން 3 ފްލޫ ކްލިނިކެއް ގާއިމްކުރެވިފައިވާނެ ކަމަށެވެ.

އެގޮތުން އެ ކްލިނިކުތަކުން ހުމާއި ރޯގާގެ އަލާމާތްތައް ހުންނަ މީހުންނަށް ފަސޭހައިން ރައްކާތެރިކަމައި އެކު އެކަށީގެންވާ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެ ކަމަށާއި މިއީ އާއްމުންގެ ތެރޭގައި ހުމާއި ރޯގާ ފެތުރުން ކޮންޓްރޯލްކޮށް ރައްކާތެރި ކުރުމަށް އެޅޭ ފިޔަވަޅެއް ކަމުގައި ސިއްހަތާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އަދި ހަމަ އެޔާއެކު، ބަލިތަކުން އާންމުން ރައްކާތެރިކޮށް، ފަރުވާގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި، ބަލިމީހުންގެ އަދަދު އިތުރުވަމުންދާނަމަ އެހެނިހެން ސަރަހައްދުތަކާ އަތޮޅުތަކުން މި ހިދުމަތް ދިނުމަށް ސިއްހާ ދާއިރާ ތައްޔާރަށް އޮތްކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

އަދި ބަލިތައް ފެތުރުން މަދު ކުރުމަށްޓަކައި  ހައްޖުން އެނބުރި އަންނަ އެއްވެސް ހައްޖާޖީއެއްގެ ފަރާތުން މިފަދަ ބައްޔެއްގެ އަލާމާތްތައް ފެނިއްޖެނަމަ ލަސް ނުކޮށް ކްލިނިކަށް ގޮސް ފަރުވާ ހޯދުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސް ކުރައްވައިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-