-Advertisement-

-Advertisement-

މެމްބަރުންގެ މުސާރަ ކުޑަކުރުމާއި ޤާސިމް ދެކޮޅު!

މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް --

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަޔާއި އިނާޔަތްތައް ކުޑަކުރުމާއި ދެކޮޅު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އަދަދު އިތުރުވަމުންދިއުމާ މެދު މެމްބަރުންގެ ދެކިވަޑައިގަންވާ ގޮތެއް ދެނެގަތުމަށް ހުށަހެޅި ބިލަށް ބަހުސް ކުރައްވަމުން މިއަދުގެ ޖަލްސާގައި ޤާސިމް ވިދާޅުވީ، މަޖިލީހަށް މެންބަރުން އިތުރުވެގެން ދާ ދިއުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.

އެގޮތުން މި ނިމުނު ދައުރުގައިވެސް މަޖިލިހުގެ މެމްބަރުންގެ އަދަދު މަދުކުރުމަށް ބިލެއް ހުށަހެޅި އެ ބިލު މަޖިލިހުގެ ތަޅުމުން ބޭރުކޮށްލިކަން ފާހަގަކުރައްވައި ޤާސިމް ވިދާޅުވީ، މަޖިލިސް މެންބަރުންނަށް ލިވިން އެލަވެންސްއެއްގެ ގޮތުގައ ލިބޭ 20،000 ރުފިޔާއިން ހަރަދުތައް ހަމަނުޖެއްސޭނެ ކަމަށެވެ.

އަދި މީގެ އިތުރުން މިހާރު އެ މެންބަރުންގެ އިނާޔަތްތަކާއި މުސާރަ އޮތީ ޔުނިޓަރީ ދައުލަތެއްގައި އޮންނަ އެންމެ ރަނގަޅު ގޮތުގައި ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޤާސިމް ވިދާޅުވީ، ރާއްޖޭގެ ގާނޫނު އަސާސީގައި ބުނަނީ ރާއްޖޭގައި ވެރިކަން ހިނގަނީ ޔުނިޓަރީ ދައުލަތެއްގެ ގޮތުގައި ކަމަށާއި އެހެންކަމުން ފެޑަރަލް ދައުލަތްތަކުގައި ކަންތައްތައް ހިންގާ އުސޫލުން ރާއްޖޭގައި ކަންކަން ނުކުރެވޭނެ ކަމަށެވެ.

ހަމައެޔާއެކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ހައްގު ގޮތުގައި އެހެން ގޮތަކުން ލާރި ލިބޭ ބައެއް ނޫންކަން ފާހަގަކުރައްވައި ޤާސިމްވަނީ، އުލަތްތައްކުގެ އިދާރާތަކާއި އެތަންތަނުންގެ ވެރިންނާއި މުވައްޒަފުން ލިބޭ ފަދައިން މަޖިލީހުގެ މެންބަރުންނަކީ ފައިސާ ލިބޭނެ ބައެއް ނޫންކަމުގައި ވިދާޅުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-