-Advertisement-

-Advertisement-

ކޮލަމްބިއާ އަތުން އެއްވަރުވެ ބްރަޒިލް ގްރޫޕުގެ ދެވަނައަށް!

ކޮޕާ އެމެރިކާ 2024 ގެ ގްރޫޕް ޑީގައި ބްރަޒިލް އަދި ކޮލަމްބިއާ ކުޅުނު މެޗު އެއްވަރުވެ ކޮލަމްބިއާ އިން ގްރޫޕުގެ އެއްވަނަ މަގާމު ނެގިއިރު, ބްރަޒިލް ވެސް ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ބުދަ ދުވަހުގެ ރޭ އެމެރިކާގެ ސަންޓަ ކްލާރާގައި ކުޅުނު މެޗުން ދެޓީމު އެއްވަރު ވެފައިވަނީ 1-1 ގެ ނަތީއްޖާއަކުންނެވެ.

މެޗު ފަށައިގެން ދެޓީމުގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ބްރަޒިލަށް ލިބުނު ފްރީކިކަކުން އެޓީމަށް ލީޑު ނަގައިދިނީ ބާސެލޯނާއަށް ކުޅޭ ރަފީނާއެވެ. މިއީ ފާއިތުވި 4 އަހަރުގައި ފްރީކިކަކުން ބްރަޒިލް އިން ޖެހި ފުރަތަމަ ގޯލެވެ. މި ގޯލަށް ފަހު ކުޅުން އިތުރު ރަނގަޅުކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ގޯލެއް ޖަހައި ނަތީއްޖާ ހަމަހަމަ ކޮށްފައިވެއެވެ.

މެޗުގެ ދެވަނަ ހާފުގައި ދެޓީމުންވެސް ގޯލު ޖަހާނެ ގިނަ ފުރުސަތު ތަކެއް އުފައްދާފައިވީ ނަމަވެސް ދެ ޑިފެންސްގެ ހުށިޔާރުކަމުން އެއްވެސް ޓީމަކަށް ގޯލެއް ޖެހިފައި ނުވެއެވެ.

މި ނަތީއްޖާއާ އެކު ކޮލަމްބިއާ އިން 7 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ ހޯދާފައިވާއިރު, ބްރަޒިލް ނިންމާފައިވަނީ 5 ޕޮއިންޓާއެކު ގްރޫޕުގެ ދެވަނާގައެވެ. ކުއާޓާ ފައިނަލުގައި ކޮލަމްބިއާ ކުޅޭނީ ޕެނަމާ އާ ދެކޮޅަށެވެ. އަދި ބްރަޒިލް ވާދަކުރަން ޖެހޭނީ އުރުގުއާއި އާއެވެ.

މި ދެޓީމުވެސް ކުއާޓާ ފައިނަލުގައި ކުޅޭނީ ޖުލައި 6 ވާ ހޮނިހިރު ދުވަހުގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-