-Advertisement-

-Advertisement-

އައްޑޫ ސިޓީގައި އެންސްޕާގެ އޮފީހެއް ހުޅުވަނީ: ހީނާ ވަލީދު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު – ފޮޓޯ: ރައީސް އޮފީސް

އައްޑޫ ސިޓީގައި އެންސްޕާގެ އޮފީހެއް ހުޅުވަން ނިންމާފައިވާ ކަމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީއަކީ ނިސްބަތަށް ބަލާއިރު ފުދޭވަރަކަށް ބޮޑު އާބާދީއެއް އޮތް ރަށެއް ކަމަށާއި 1000 އާއި ގާތްކުރާ އަދަދަކަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރެއް އެބައޮތް ކަމަށް ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހީނާ ވިދާޅުވިއެވެ.

“ފުދޭވަރަކަށް ބޮޑު އާބާދީއެއް އޮތް ސިޓީއެއްކަން ފާހަގަކުރެވޭ، ގާތަގަނޑަކަށް 1،000 އާ ގާތަކުރާ އަދަދަކަށް މީހުން އަޅުގަނޑުމެންގެ ދަފްތަރުގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ރަޖިސްޓްރީވެފައި އެބަތިބި،” ހީނާ ވިދާޅުވިއެވެ.

ހީނާ އިތުރަށް ވިދާޅުވީ ބޮޑު ސިޓީއަކަށް ބަލާއިރު ދަފްތަރު އަދާހަމަ ކުރުމާއި މޮނިޓަރކުރުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި އައްޑޫ ކައުންސިލާއި ބައްދަލުކޮށް އައްޑޫގައި ތިއްބަވާ ސްޓޭކްހޯލްޑާސްއާއެކު ބައްދަލުވުންތައް ބާއްވައި މިކަންތައްތައް އިތުރަށް ހަރުދަނާކުރެވޭނެ ނިޒާމަކާއި ބެހޭ ގޮތުން މަޝްވަރާކުރެވިފައިވާ ކަން ހީނާ ވަނީ ހާމަކުރައްވާފައެވެ.

ހަމައެއާއެކު އެންސްޕާގެ އޮފީހެއް އައްޑޫގައި ގާއިމްކުރުމުގެ ވިސްނުން ގެންގުޅޭކަން ހާމަކުރައްވަމުން ހީނާ ވިދާޅުވީ އޭގެ ސަބަބުން އައްޑޫ ފުވައްމުލަކުގައި ތިބި މާލީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކުގެ މައުލޫމާތުތައް އަދާހަމަ ކުރުމާއި، އެމީހުން ގާތަށް ޒިޔާރަތްކުރުމުގެ އިތުރުން “ސިންގަލް ޕޭރެންޓް” ޕްރޮގްރާމަށް އެހީތެރިވުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-