-Advertisement-

-Advertisement-

މާވިން ސަލާމަތް ކުރާނެކަމަށް ހޮސްޕިޓަލުގައި ހުރެ ލަމްހާ ބުނެފައިވޭ

މާވިން އެސްވައި އަދި ހަލީމަތު ލަމްހާ

ރާއްޖޭގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ ދައުވާ ލިބޭ އޭނާގެ ފިރިމީހާ މާވިން އެސްވައި ސަލާމަތް ކުރާނެކަމަށް އެ މައްސަލާގެ ދައުވާ ލިބޭ ހަލީމަތު ލަމްހާ ބުނި ކަމަށް ކްރިމިނަލް ކޯޓުގައި މީހަކު ހެކިބަސް ދީފިއެވެ.

ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ހެކިބަސް ދިނީ އައިޖީއެމްއެޗުގެ ނަރުހެކެވެ. އެ މީހާ ހާމަކުރި ގޮތުގައި މޭރީގެ ހަށިގަނޑު ހޮސްޕިޓަލަށް ގެނެސްފައި އޮއްވައި، ލަމްހާ އެ ތަނަށް ގޮސް، މާވިން ސަލާމަތް ވާނެތޯ ބުނެ އޭނާއާ ސުވާލުކުރިއެވެ. މާވިންގެ ގައިގައި ވަކި އަޅާފައި ހުރި ނިޝާންތަކެއް ހުރުމުން އެ މައްސަލާގައި އޭނާ ސަލާމަތް ނުވާނެކަމަށް ލަމްހާ ބުނިކަމަށާއި ފުލުހުންގެ އިސްވެރިންގެ ތެރެއިން ދަންނަ މީހަކު ހުރިތޯ ވެސް ލަމްހާ ސުވާލުކުރިކަމަށް އެ ނަރުސް މީހާ ބުންޏެވެ. މާވިން ސަލާމަތް ކުރާނީ ލަމްހާކަމަށް ލަމްހާ ބުނިކަމަށް ވެސް އޭނާ ކޯޓުގައި ބުނެފައިވެއެވެ.

އެ ނަރުސް މީހާ ބުނިގޮތުގައި މި މައްސަލައިގައި މާވިން ހޮސްޕިޓަލުގައި ވެސް ވާހަކަދައްކާފައި ވަނީ ދެ ފަހަރު ދެ ގޮތަށެވެ. އެގޮތުން ފުރަތަމަ މާވިން ބުނި ގޮތުގައި މޭރީ ދަންޖެހިފައި ހުރީ ފަންކަހާގައެވެ. ނަމަވެސް ފަހުން މޭރީ ކުޑަދޮރުގައި ދަންޖެހިފައި ހުރި ވާހަކަ މާވިން ދެއްކިކަމަށް ނަރުސް މީހާ ބުންޏެވެ.

އައިޖީއެމްއެޗުގައި މަސައްކަތްކުރި މޭރީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ އޭނާގެ ފިރިމީހާ މާވިން އެސްވައި އާއި ލަމްހާ ލޯބީގެ ގޮތުން ގުޅިގެން އުޅެމުން އެ ދެ މީހުން ބައިވެރިވެގެން މޭރީ މަރާލިކަމަށް ބުނެއެވެ. ވުމާއެކު މާވިންގެ މައްޗަށް އެނގި ހުރެ މީހަކު މެރުމުގެ ދައުވާ އުފުލާފައިވެއެވެ. ލަމްހާގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާއާއި އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއެވެ.

އުމުރުން ހަތަރު އަހަރުގެ ކުޑަ އަންހެން ކުއްޖެއް ވެސް ހުންނަ ގްރޭސް ދަންޖެހިގެން މަރުވިކަމަށް މާވިން ރިޕޯޓް ކުރީ އޮކްޓޯބަރު 19، 2021 ގައެވެ. މޭރީގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ ވެސް މާވިންއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-