-Advertisement-

-Advertisement-

ފަހި ފުރުޞަތުތަކާއެކު އައިޔޫއެމް “އިންސްޓެންޓް އެޑްމިޝަން” ފަށައިފި

އިސްލާމީ ޔުނިވަރސިޓީ

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން 2024 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރަށް ހުޅުވާލައިފައިވާ ކޯސްތަކަށް ރެޖިސްޓަރވުމަށްޓަކައި ލުއިފަސޭހަ ޚިދުމަތްތަކާއެކު، އައިޔޫއެމް “އިންސްޓެންޓް އެޑްމިޝަން” ފަށައިފިއެވެ.

މިއަދުގެ 09:00ން 12:00ށް އަދި 14:00ން 17:00ގެ ނިޔަލަށް އިސްލާމީ ޔުނިވަރސިޓީގެ ހޯލުގައި ކުރިއަށްދާ މި ޙަރަކާތުގެ ތެރެއިން ޔުނިވަރސިޓީގެ އެކި ކުއްލިޔާ (ފެކަލްޓީ) ތަކުން ހިންގާ ކޯސްތަކާ ބެހޭ މައުލޫމާތު ޙިއްސާ ކުރުމުގެ އިތުރުން، ޔުނިވަރސިޓީގެ ކޯސްތަކަށް ވަގުތުން ރެޖިސްޓަރވުމާއި ކޯހަށް ހޮވުނުކަމުގެ ލިޔުން ދޫކުރުން ކުރިއަށްދާނެކަމަށް އިސްލާމީ ޔުނިވަރސިޓީން މައުލޫމާތު ދެއެވެ.

އިންސްޓެންޓް އެޑްމިޝަންގައި ކޯސްތަކާއި ބެހޭ މަޢުލޫމާތު ދެނީ

މި ހަރަކާތަކީ ޔުނިވަރސިޓީގެ ކޯސްތަކަށް ވަންނަ ދަރިވަރުންނަށް ލުއިފަސޭހަ ކަމާއެކު ކޯސްތަކަށް ރެޖިސްޓަރވުމާއި ކޯހަށް ހޮވުނުކަން އެނގުމާއި ދެމެދު ޢާންމުގޮތެއްގައި ނަގާމުއްދަތު ހޭދަކުރުމާއި ނުލައި، ވަގުތުން ކޯސް ލިބުނު ކަމުގެ ޔަޤީންކަމާއި ހިތްހަމަޖެހުން ދަރުވަރުންނަށް ދިނުމުގެ މަޤްޞަދުގައި ހިންގާ ޙަރަކާތެއްކަމުގައި އިސްލާމީ ޔުނިވަރސިޓީން މަޢުލޫމާތު ދެއްވައެވެ.

އިންސްޓެންޓް އެޑްމިޝަންއަށް ބޭނުންވަނީ ކޮންއެއްޗެއް؟

“އިންސްޓެންޓް އެޑްމިޝަން” އަށް އަންނައިރު އައިޑީކާޑުގެ އިތުރުން ވަންނަށް ބައިވެރިވުމަށް އެދޭ ކޯހަށް ބޭނުންވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އިތުރުން ޕާސްޕޯސް ސައިޒްގެ ފޮޓޯގަނޑެއް ގެނައުމަށް އައިޔޫއެމުން އެދެއެވެ.

ސާނަވީ ތަޢުލީމު ނިންމާފައި ތިބި ދަރުވަރުންނަށް ރަނުގެ ފުރުސަތުތަކެއް!

އައިޔޫއެމް “އިންސްޓެންޓް އެޑްމިޝަން”ގެ ތެރެއިން ކުރިއަށްދަނީ ހަމައެކަނި ކޯސްތަކަށް ރެޖިސްޓަރވުން އެކަންޏެއް ނޫނެވެ. އެގޮތުން ސާނަވީ ތަޢުލީމު ނިންމުމަށްފަހު ކުރިއަށްދާނެ ވަކި ދާއިރާއެއް ކަނޑައަޅަން ނޭނގި ތިބި ދަރިވަރުންނާއި ޚާއްސަ ދާއިރާތަކުން ކުރިއަށް ދިއުމަށް ބޭނުންވާ ދަރިވަރުންނަށް ބޭނުންވާ މަޢުލޫމާތު ދިނުމަށް ކެރިއަރ ގައިޑެންސް ކޯނަރ އެއް މި ހަރަކާތުގެ ތެރޭގައި ގާއިމްކުރެވިފައި ހުންނާނެކަމަށް އިސްލާމީ ޔުނިވަރސިޓީން މަޢުލޫމާތު ދެއެވެ.

އިންސްޓެންޓް ކޯނަރ ގައި ހުރި ކެރިއަރ ގައިޑެންސް ކޯނަރ

” މި ކޯނަރގައި ތިއްބަވާނެ އަޅުގަނޑުމެން ޔުނިވަރސިޓީގެ ފަންނީ ޤާބިލް މާހިރުން، އެބޭފުޅުން ދެއްވާނެ ކެރިއަރ ގައިޑެންސް، ޢިލްމީ މަޢުލޫމާތުތައް އެތަނުންވެސް ލިބިގެންދާނެ” – ޔުނިވަރސިޓީގެ ރެޖިސްޓަރަރ އަޙްމަދު ރަޢުފް

އެހެންކަމުން ސާނަވީ ތައުލީމު ނިންމުމަށްފަހު ނަތީޖާ ނުލިބޭ ކުދިންނަށްވެސް އައިޔޫއެމް “އިންސްޓެންޓް އެޑްމިޝަން” އަކީ ނުހަނު ބޭނުންތެރި ފައިދާ ނުރަނިވި ޙަރަކާތަކަށް ވެގެންދާނެ ކަމަށް އައިޔޫއެމުން ބުނެއެވެ.

އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން 2024 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގައި ކިޔެވުމަށް މައިގަނޑު 12 ދާއިރާއަކުން 63 ކޯހަށް ވަނުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފައެވެ.

މި ކޯސްތަކުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފައެވެ.

ކޯސްތަކުގައި ބައިވެރިވުމަށް އިސްލާމީ ޔުނިވަރސިޓީގެ ކޯސްތަކަށް ވަނުމަށް އެދޭ އޮންލައިން ޕޯޓަލް މެދުވެރިކޮށް ނުވަތަ ކޯހަށް ވަނުމަށް އެދޭ ފޯމު މެދުވެރިކޮށްވެސް ހުށަހެޅޭނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-