-Advertisement-

-Advertisement-

10 މީހުންނާއެކު ދަތުރުކުރި ދޯންޏެއް ފަރަށް އަރައިފި

ފަރަށް އެރި ދޯނި. --- އެމްއެންޑީއެފް

10 މީހުންނާއެކު މާލޭ ދަތުރުކުރަމުން ދިޔަ ދޯންޏެއް ފަރަށް އަރައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ށ. އަތޮޅުގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ށ. ވަނގާރުން މާލެއަށް ދަތުރުކުރަމުން ދިޔަ 75 ފޫޓުގެ “ނަސްފަރު” ނަމަކަށް ކިޔާ ދޯންޏެއް ނ ލޯފަރު ފަރަށް އަރައިފައިވާ ކަމަށާއި ދޯނި ފަރަށް އެރި އިރު އޭގައި 10 މީހުން ތިބި ކަމަށެވެ.

https://x.com/MNDF_Official/status/1808713764214297052

މި ހާދިސާގައި މީހަކަށް އަނިޔާވިކަމެއް ނުވަތަ ނޫންކަމެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.

އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-