-Advertisement-

-Advertisement-

ޔޫކޭގެ އިންތިޚާބީ ބޮޑުވަޒީރަށް ރައީސް މަރުޚަބާ ވިދާޅުވެއްޖެ

ލޭބާ ޕާޓީގެ ލީޑަރު ކިއާ ސްޓާމާ.

އިނގިރޭސިވިލާތުގެ އާންމު އިންތިހާބު ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބުކުރި ލޭބާ ޕާޓީ އަދި އިންތިހާބީ ބޮޑު ވަޒީރު ކިއާ ސްޓާމާއަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ކިއާ ސްޓާމާގެ ލީޑާޝިޕްގެ ދަށުން އިނގިރޭސިވިލާތަށް ތަނަވަސްކަމުގެ އާ ފަތިހެއް ފެންނާނެކަން ޔަގީންކުރައްވާކަމަށާއި ސަރުކާރާއި ދިވެހި ރައްޔިތުންގެ ފަރާތުން ހެޔޮ އެދުންތައް އަރިސް ކުރައްވާކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ މުސްތަޤްބަލުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވާނެކަމަށް އުންމީދުކުރައްވާކަމަށާއި ދުނިޔޭގެ މައްސަލަތަކަށް ހައްލު ހޯދަން ގުޅިގެން މަސައްކަތް ކުރައްވާނެކަމަށެވެ.

މިހާތަނަށް އިޢުލާނު ކޮށްފައިވާ ނަތީޖާއިން ފެންނަ ގޮތުގައި ލޭބާ ޕާޓީން ވަނީ މަޖިލީހުގެ 410އަކަށް ވުރެ ގިނަ ދާއިރާއިން ކާމިޔާބީ ހޯދާފައެވެ. ކޮންޒަރވެޓުންނަށް ލިބުނީ 112 ވަރަކަށް ގޮނޑިއެވެ. ލިބަރަލް ޑިމޮކްރެޓުން ވެސް ވަނީ 70އެއްހާ ދާއިރާއިން ކާމިޔާބީ ހޯދާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-