-Advertisement-

-Advertisement-

ޑްރަގް އެޖެންސީގެ ސީއޯއޯގެ މަގާމުން އިމާދު ވަކިކޮށްފި

އެންޑީއޭގެ ސީއީއޯގެ މަގާމުގައި ހުރި އިމާދު

ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ ސީއީއޯގެ މަޤާމުގައި ހުންނެވި އިމާދު ސޯލިހް، އެ މަޤާމުން ވަކިކޮށްފިއެވެ.

2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހު ޑްރަގް އޭޖެންސީ ގެ ސީއީއޯގެ މަޤާމާއި ޙަވާލުވެވަޑައިގެން އިމާދު އެ މަޤާމުން ވަކިކުރީ، އެންޑީއޭގެ ބޯޑަށް ލިބިދޭ ބާރުގެ ދަށުން މި މަހުގެ ތިން ވަނަ ދުވަހު ބޭއްވި ބޯޑު ބައްދަލުވުމުގައި ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އެގޮތުން މި ބަދަލަކީ އެންޑީއޭ އެސެސްކުރުމުގެ ގޮތުން ގެނެވުނު ބަދަލެއް ކަމަށާއި އެންޑީޢޭގައި ކުރެވުނު މެނޭޖްމެންޓް އޮޑިޓުން ފާހަގަކުރެވުނު ކަންކަމަށް ބެލުމަށްފަހު ރުކާރުގެ ސިޔާސަތު ތަންފީޒު ކުރަން ބޭނުންވާ ސްޕީޑްގައި ނުގެންދެވޭނެ ކަމަށް ބެލެވޭތީ ގެނައި ބަދަލެއް ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

ހަމަ އެޔާއެކު އެ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި އެންޑީއޭގެ މަގްސަދަކީ ފަރުވާއަށް މީހުންނަށް ދެވޭނެ ފުރުސަތަކާއެކު ރަނގަޅު ފަރުވާއެއް ދިނުން ކަމަށްވާއިރު، އަސާސީ ކަންތައްތަކުގެ މަގްސަދު ހާސިލް ނުކުރެވޭ ކަމަށް ބޯޑު މެންބަރުންނަށް ފެނިވަޑައިގަންނަވާތީ އިމާދު އެ މަޤާމުން ވަކިކުރުމަށް ނިންމުނުކަމަށެވެ.

މީގެ އިތުރުން އެންޑީއޭގެ ބޯޑުން ނިންމައިފައިވަނީ، އެ ބޯޑުގެ ސީއީއޯ ކަމުގެ މަގާމަށް 90 ދުވަސް ތެރޭގައި ބޭފުޅަކު އައްޔަން ކުރުމަށެވެ.

ނަމަވެސް، ވަގުތީގޮތުން އެ މަޤާމަށް މިހާރު ވަނީ،  ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު ރާޝިދު އެންޑީއޭގެ ބޯޑުން އައްޔަންކޮށްފައެވެ.

ރާޝިދު އެމަގާމަށް އައްޔަންކުރެއްވީ އިތުރު އެއްވެސް އުޖޫރައެއް ނެތް ގޮތަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-