މެނިންގޯކޮކަލް (މެނިންޖައިޓިސް) ރާއްޖެއިން ފެނުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކުރި ގާތުން އެއްތާވި މީހުން ހޯދުމުގެ މަސައްކަތް ނިމުނު އިރު އެ ބަލީގެ އިތުރު ވޭދަނައެއް ނެތް ކަމަށް އެ އެޖެންސީން ބުނެފިއެވެ.
މެނިންގޯކޮކަލް ވޭދަނައާއި ގުޅިގެން ކުރެވުނު ގާތުން އެއްތާވި މީހުން ހޯދުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި، އެ މަސައްކަތް އެއްކޮށް ނިންމާލިއިރު އިތުރު އެއްވެސް މީހަކު އެ ބައްޔަށް ފައްސިވެފައިނުވާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
މީގެ އިތުރުން، ބަލި ޖެހުނު މީހަކާއި އެއްތާވި ކޮންޓެކްޓުންނަށް ބޭސް ދީފައިވާ ކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.
ރާއްޖޭގެ ގައުމީ ޓީމުގެ މިޑްފީލްޑަރު މުޙައްމަދު އާރިފް ޙައްޖުގެ އަޅުކަމުން އައިތާ ތިންދުވަސް ފަހުން ނިޔާވެފައިވާ އިރު، އޭނާއަށް ޖެހުނީ މެނިންގޯކޮކަލް މެނިންޖައިޓިސް ބަލީގައެވެ. އެގޮތުން އެޗްޕީއޭއިން ވަނީ ބަކާއާ ގާތުން އެއްތާވި އެންމެންނަށް އެ ބަލީގެ ބޭސް ދޭނެ ކަމަށް މީގެ ކުރިން ބުނެފައެވެ.