-Advertisement-

-Advertisement-

އަލިފާނުގެ ހާދިސާގައި ދުމުގެ އަސަރު ކުރި ދެމީހަކަށް ހޮސްޕިޓަލުގައި ދަރުވާ ދެނީ

މިދިޔަ ބުރާސްފަތި ދުވަހު އެންޒިއަންގޭގެ ތިން ވަނަ ފަންގިފިލާގައި ހުރި އެޕާޓްމެންޓެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ދުމުގެ އަސަރުކޮށްގެން ފަރުވާދޭން ޖެހުނު މީހުންގެ ތެރެއިން 2 މީހަކަށް އަދިވެސް އައިޖީއެމްއެޗްގައި ފަރުވާދެމުންދާކަމަށް އައިޖީއެމްއެޗް އިން ބުނެފިއެވެ.

އަލިފާނުގެ މިހާދިސާގައި ހަތަރު މީހަކަށް ދުމުގެ އަސަރުކޮށްފައިވާކަން އެމްއެންޑީއެފްއިން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

 

ރާއްޖޭގެ އޮންލައިން ނޫހެއްކަމަށްވާ ވަގުތު ނޫހުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކާއި ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި ހޮސްޕިޓަލަށް ގެންދިޔަ ހަތަރު މީހުންގެ ތެރެއިން 2 މީހަކަށް އަދިވެސް ދަނީ އެހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

“2 ޕޭޝަންޓަކު މިހާރު އެޑްމިޓްކޮށްފައި އޮތީ ވޯޑުގައި، އަނެއް ހުރިހާ ޕޭޝަންޓުން ދޫކޮށްލައިފި.” އައިޖީއެމްއެޗުގެ މީޑިއާ އޮފިސަރު ވިދާޅުވިއެވެ.

އެހެންނަމަވެސް އެދެމީހުނަށްވެސް މިހާރު ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގެ ވޯޑުގައި އެޑްމިޓްކޮށްގެން ކަމަށާއި ހާލު ސީރިއަސް ނޫން ކަމަށްވެސް އެހޮސްޕިޓަލުން މަޢުލޫމާތު ދީފައިވެއެވެ.

މިހާދިސާ އާއި ގުޅިގެން އެމްއެންޑީއެފް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ރޯވި އެޕާޓްމެންޓްގެ ފޮޓޯތައް ހިއްސާކުރަމުން ބުނެފައިވަނީ އެޕާޓްމެންޓްގައިވާ ތަކެއްޗަށް ވަނީ ބޭނުންނުކުރެވޭ ވަރަށް ގެއްލުން ލިބިފައި ކަމަށެވެ.

ހަމައެއާއިއެކު، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފައިވާ ގޮތުގައި އަލިފާން ރޯވި އެޕާޓްމަންޓަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އަދި އަލިފާން ރޯވި އެޕާޓްމެންޓްގައި ދިރިއުޅުނު މީހުންނަށް އެންޑީއެމްއޭ އިން ވަނީ ވަގުތީ ބޯހިޔާވަހިކަން ވެސް ފޯރުކޮށްދީފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-