-Advertisement-

-Advertisement-

ކޭބަލްތައް ބުރިކޮށް ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި 32 އަހަރުގެ މީހަރު ހައްޔަރުކޮށްފި

ވައްކަން ކުރަން އުޅުނު މީހާ ފުލުހުން ހައްޔަރު ކުރަނީ. ޓްވިޓާ ފޮޓޯ: ޝަތުފާ

ކޭބަލްތައް ބުރިކޮށް ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި 32 އަހަރުގެ މީހަރު ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މިދިޔަ އަންގާރަ ދުވަހު ސްޓެލްކޯ ސަބްސްޓޭޝަނެއްގެ ޓްރާންސްފޯމަރަށް ގުޅާފައިވާ ކޭބަލެއް ބުރިކޮށް ވަގަށް ނެގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ޓްރާންސްފޯމަރަށް ގުޅާފައިވާ ކޭބަލެއް ބުރިކޮށްލުމުގެ ސަބަބުން މަޖީދިއްޔާ ސްކޫލު ހިމެނޭހެން، ހެންވޭރުގެ އަބަދަށް ފެހި މަގާ، މެދު ޒިޔާރަތް މަގާ، ކަޅު ހުރާ މަގާ އަދި ކަރަންކާމަގުގެ ބައެއް ގެތަކުން އެދުވަހު ކަރަންޓު ކެނޑިފައިވާއިރު، އެ ދުވަހު އިތުރު ކޭބަލެއްވެސް ބުރިކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށް ސްޓެލްކޯގެ އެމްޑީ މަޢުލޫމާތު ދެއްވާފައިވެއެވެ.

މާލެ ސަރަހައްދުގައި ކަރަންޓް ކޭބަލްތައް ވަގަށް ނަގާ މައްސަލަ މިފަހަކަށް އައިސް ބޮޑުވެފައިވާއިރު، އަޟްހާ އީދާއި ގުޅިގެން މާލެ ޖުމްހުރީ މައިދާނުގައި ދިއްލާފައި ހުރި ބައެއް އީދު ލައިޓުތަކުގެ ކޭބަލްތައްވެސް ވަނީ ވަގަށް ނަގާފައެވެ.

އެގޮތުން ހުޅުމާލޭގެ ބައެއް މަގުތަކުގެ ކަރަންޓް ކޭބަލް ބުރިކޮށް, ވަނީ ވަގަށް ނަގާފައެވެ. އެޗްޑީސީ އިން މައުލޫމާތު ދީފައިވާ ގޮތުގައި މިތަކެތި ވަގަށް ނަގަނީ ‘ބްލެކް މާކެޓް’ ގައި ވިއްކުމަށް ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-