-Advertisement-

-Advertisement-

ޙިޖުރީ އައު އަހަރަށް ގެފުޅުގެ އުރަކޮޅު ބަދަލުކޮށްފި

ޙިޖުރީ އައު އަހަރު ފެށުމާއި ގުޅިގެން ގެފުޅުގެ “ކިސްވާ” ނުވަތަ އުރަކޮޅު ބަދަލުކޮށްފިއެވެ.

މީގެ ކުރިން ކޮންމެ ޙައްޖު ދުވަހެއްގައި ބަދަލުކުރަމުން އައި ގުފުޅުގެ އުރަކޮޅު ޙިޖުރީ އައު އަހަރަށް ބަދަލުކުރަން ފެށީ، 2022 ވަނަ އަހަރުން ފެށިގެންނެވެ.

ގެފުޅުގެ އުރަކޮޅު އެކުލެވިގެންވަނީ ގެފުޅުގެ ހަތަރު ފަރާތުގައި ހަރުކުރާ ހަތަރު ގަނޑު ފޮއްޗާއި، ގެފުޅުގެ ދޮރުކޮޅުގައި ހަރުކުރާ ފަރުދާގެ މައްޗަށެވެ.

ގެފުޅުގެ އުރަކޮޅު ބަދަލު ކުރާއިރު ކޮންމެ ފަރާތަކުން ވެސް ވަކި ފޮތިގަނޑެއް ގެފުޅުގެ މައްޗަށް އަރުވައި މަތީ ކައިރީގައި ހަރުކުރުމަށްފަހު، އުރަކޮޅު މަތިން ވައްޓާލައެވެ. ހަތަރުފަރާތުން އުރަކޮޅު ވައްޓާލުމަށްފަހު ހަތަރު ފަރާތުގެ ފޮތިގަނޑު އެއް ފޮތިގަނޑު އަނެއް ފޮތިގަނޑާ ގުޅާލަނީ ފަހައިގެންނެވެ.

ގެފުޅުގެ އުރަކޮޅު ތައްޔާރު ކުރުމަށް 670 ކިލޯގެ މޮޅު ފަށުވި އާއި 120 ކިލޯގެ ރަން ބަރަންޏާއި، 100 ކިލޯގެ ރިހި ބަރަނި ބޭނުން ކުރެއެވެ.

މި އަހަރުގެ ގެފުޅުގެ އުރަކޮޅުގެ އަގު 20 މިލިޔަން ސައުދީ ރިޔާލަށް އަރައެވެ.

ގެފުޅުގެ އުރަކޮޅު ބަދަލު ކުރުމުގައި 159 ޓެކްނީޝަނުންނާއި މާހިރުން ވަނީ ބައިވެރިވެފައެވެ. ކިސްވާ ތައްޔާރުކުރުމުގެ މަސައްކަތުގައި 200އަށްވުރެ ގިނަ މަސައްކަތު މީހުންގެ އިތުރުން އިދާރީ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-