-Advertisement-

-Advertisement-

މާލީ ހާލަތާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ގަވަރުނަރު ހާޝިމް މިއަދު މަޖިލީހަށް ހާޒިރު ކުރަނީ

ގަވަރުނަރު އަލީ ހާޝިމް. ފޮޓޯ: ސޯޝަލް މީޑީއާ

ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތް އޮޅުންފިލުވުމަށް މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް ގަވަރުނަރު އަލީ ހާޝިމް ހާޒިރުކުރަން ނިންމައިފިއެވެ.

ރާއްޖޭގެ މާލީ ހާލަތު މިހާރު ވަނީ ވަރަށް ނާޒުކު ފައްތަރަކަށް ވެއްޓިފައެވެ. އެހެންކަމުން ހާޝިމް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުކުރަން ނިންމީ މި ހާލަތު އޮޅުން ފިލުވަން މެމްބަރުން ބޭނުންވާތީއެވެ. ގަވަރުނަރުގެ އިތުރުން ޑެޕިއުޓީ ގަވަރުނަރު އަހްމަދު އިމާދާއި އެސިސްޓެންޓް ގަވަރުނަރު އިދުހާމް ހުސައިން ވެސް އެ ބައްދަލުވުމަށް ވަޑައިގަންނަވާނެކަމަށް މައުލޫމާތު ލިބެއެވެ.

ގަވަރުނަރު ހާޒިރުކުރާ ކޮމިޓީގެ ބައްދަލުވުން ބޭއްވުމަށް ތާވަލުކޮށްފައިވަނީ މިއަދުގެ 11:00ގައެވެ. މި ބައްދަލުވުމުގައި ކޮމިޓީގެ މެންޑޭޓުގެ ދަށުން އެމްއެމްއޭގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު އޮޅުންފިލުވައި ރާއްޖޭގެ މާލީ ހާލަތާ ގުޅޭގޮތުން މެންބަރުން އޮޅުން ފިލުވަން ބޭނުންވާ ކަންކަން އޮޅުން ފިލުވުން އޮންނާނެކަމަށް އަޙްމަދު އަޒާން ވަނީ މީޑިއާތަކަށް މައުލޫމާތު ދެއްވާފައެވެ.

އެމްއެމްއޭގެ ގާނޫނުގައި ބުނާ ގޮތުން އެ އޮތޯރިޓީގެ ގަވަރުނަރާއި ޑެޕިއުޓީ ގަވަރުނަރު އައްޔަންކޮށް، ވަކިކުރާނީ ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ. އެ މާއްދާގެ ދަށުން އަލީ ހާޝިމް ވަކިކުރުމުގެ މަސައްކަތް ފަށަން މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ނާޒިމެވެ.

ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމުގެ މައްސަލައެއް ވެސް މާލިއްޔަތު ކޮމިޓިއަށް ފޮނުވާފައިވާކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް އެ މައްސަލަ އަދި އެޖެންޑާ ކޮށްފައެއް ނުވެއެވެ.

ރާއްޖޭގެ މާލީ ހާލަތާ ގުޅޭ މަޢުލޫމާތު ހޯދުމަށް މާލިއްޔަތު ކޮމިޓީން ދަނީ ކަމާގުޅުންހުރި އެކި އިދާރާތައް ކޮމިޓީއަށް ހާޒިރުކުރަމުންނެވެ. އެގޮތުން ހުސްވި ޖޫން މަހު އެ ކޮމިޓީއަށް މާލީ ވަޒީރު ވެސް ވަނީ ހާޒިރުކުރައްވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-