-Advertisement-

-Advertisement-

ކޮޕީ ރައިޓިންގް ޤާނޫނު އިސްލާޙު ކުރަނީ

ނިލަންދޫ ދާއިރާގެ މެންބަރު ފާތިފަތު ސައުދާ -- ފޮޓޯ: މަޖިލިސް

ދިވެހިރާއްޖޭގައި ކޮޕީރައިޓާއި އެއާއި ގުޅޭ އެހެނިހެން ހައްޤުތަކާއި ބެހޭ ޤާނޫނު އިސްލާޙު ކުރުމަށް ހުށަހަޅާއިފިއެވެ.

ސަރުކާރުން އިލްމީ އަދި ފަންނުވެރިން ނުވަތަ ކްރިއޭޓާސްގެ ހައްޤުތައް ހިމާޔަތް ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން، މި ބިލު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވީ ނިލަންދޫ ދާއިރާގެ ޕީއެންސީ މެމްބަރު ފާތުމަތު ސައުދާއެވެ.

މި ބިލު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވަމުން މެމްބަރު ސައުދާ ވިދާޅުވީ، އިލްމީ އަދި ފަންނީ މަސައްކަތުގެ ޒަރީއާއިން އުފެއްދުމެއް އުފެއްދުމަކީ ވަރަށް ބުރަ މަސައްކަތެއް ކަމަށާއި އެއީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އެގޮތުން އެތައް ވަގުތަކާއި އެތައް ކަމެއް ޤުރުބާންކޮށް އިލްމާއި ހުނަރު އަދި ފަންނުވެރިންގެ އުފެއްދުތަކަކީ އަގުހުރި އަދި އަގުބޮޑު މަސައްކަތެއްކަމުގައި ސައުދާ ވިދާޅުވިއެވެ.

އެގޮތުން އެފަދަ އަގުހުރި މަސައްކަތްތަކަކީ އޭގެ އަސްލަށް ބަދަލުގެނެވޭނެ ފުރުސަތު ޤާނޫނުގައި އޮވެގެން ވާނެ ކަމެއް ނޫންކަން ފާހަގަކުރައްވައި ސައުދާ ވިދާޅުވީ، މިފަދަ އުފެއްދުންތައް އުފައްދާ އިލްމީ ފަންނީ މުސައްނިފުންނާއި ފަންނުވެރިންގެ ހައްޤުތަކައް އުނިކަން އަންނާނޭ ގޮތަށް ޤާނޫނުގައި އޮތުމަކީ އެކަން އޮވެގެން ވާނެ ގޮތް ނޫންކަމުގައެވެ.

އެގޮތުން 2011 އޭޕްރީލް 20 ވަނަ ދުވަހުން ފެށިގެން ކޮޕީރައިޓް ޤާނޫނަށް އަމަލުކުރަމުން ދިޔަނަމަވެސް އެ ޤާނޫނު ހެދިފައި އޮތީ އޭރު ފެންނަން ހުރި ކަންތައްތަކާއި ކުރެވިފައިވާ ތަޖުރިބާތަކުގެ މައްޗަށް ކަމަށްވާތީ ފަންނުވެރިންގެ އުފެއްދުންތަކަށް ލިބިދޭންޖެހޭ ހިމާޔަތާއި ނަފާ އަދި މަންފާ ލިބުމުގެ ޤާނޫނީ ބާރު އެ ޤާނޫނުން ލިބިދީފައި ނުވާކަން ސައުދާ ވަނީ ފާހަގަ ކުރައްވައިފައެވެ.

އެގޮތުން ޤާނޫނުތައް ކަނޑައަޅައި ތަންފީޒުކުރުމުގައި ޒަމާނީ ތަރައްޤީ އާއި ޓެކްނޮލޮޖީގެ ސަބަބުން އުފެއްދުންތައް މިއަދު ދައުރުވެގެންދާ ގޮތާއިމެދު ވިސްނުމަކީ މުހިއްމުކަމެއްކަމުގައި ވެސް ސައުދާ ވަނީ ވިދާޅުވެފައެވެ.

އަދި މި އިސްލާހުތަކުގެ ސަބަބުން ގިނަ ފަންނުވެރިންތަކެއްގެ ޙައްޤު ހިމާޔަތްކުރެވި،  ފަންނުވެރިންނާއި އުފެއްދުންތެރިންނަށް އެބޭފުޅުންގެ އުފެއްދުންތައް ބައިނަލްއަޤުވާމީ ބާޒާރުގައި ވިއްކައިގެން އޭގެ މަންފާ އާއި ނަފާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ސައުދާގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

ސަރުކާރު ފަރާތުން އެ ޤާނޫނުގެ ދެވަނަ ބާބަށް 27 އިސްލާހެއް ހުށަހަޅާއިރު ތިންވަނަ ބާބުގެ ނަން އިސްލާހު ކުރުމާއިއެކު މާއްދާތަކަށް ޖުމްލަ 16 އިސްލާހެއް ވަނީ ހުށަހަޅާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-