ހާއްސަ އެހީއަށް ބޭނުންވާ މީހަކު އަމިއްލަ ގައިގައި ވަޅި އަޅައިގެން ފަރުވާދޭން ފަށައިފިއެވެ
މައުލޫމާތު ލިބިފައިވާ ގޮތުގައި ގައިގައި ވަޅި އަޅައިގެން އަނިޔާ ލިބިފައި ވަނީ ޒުވާން ފިރިހެނެއްކަށެވެ.
މި ހާދިސާ ހިނގާފައިވަނީ މަޤްރިބް ނަމާދު ވަގުތުގައި މ. ދިއްގަރު ކިޔާ ގެއެއްގައެވެ.
މިމައްސަލަ އާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ނަފްސާނީ ބަލި ހުންނަ މީހަކު އަމިއްލަ ގައިގައި ވަޅި އަޅައިގެން ފަރުވާ ދެމުންދާ ކަމަށެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހަކު އަމިއްލަ ގައިގައި ވަޅި އެޅާފާއިވާއިރު، މިހާދިސާގައި އޭނާއަށް އަނިޔާވެފައިވާ މިންވަރު އަދި ސާފުވެފައެއް ނުވެއެވެ.