ގަލޮޅު ކަންމަތީގައި އޮތް ވޭނެއްގައި އެއްޗެއް ގޮވައިފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ގަލޮޅު ކަންމަތީގައި އޮތް ވޭނެއްގެ ތެރޭގައި އެއްޗެއް ގޮވައި ބާރުގަދަ އަޑުފަށްގަނޑެއްވެސް ވަނީ އިވިފައެވެ. އަދި އެ ވޭންގެ ބިއްލޫރިތައް އެއްކޮށް ތަޅާއިގެންވެސް ވަނީ ގޮއްސައެވެ.
މި ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުންނާއި ހަތިޔާރު އެޅި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.
އެގޮތުން ގަލޮޅު ކަންމަތީގައި އޮތް ވޭނެއްގައި އެއްޗެއް ގޮވި ކަމުގެ މައުލޫމާތު ލިބިގެން އެ ސަރަހައްދުގައި ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެފައިވާއިރު، މި ހާދިސާގައި މީހަކަށް އެއްވެސް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައި ނުވާ ކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.