-Advertisement-

-Advertisement-

ނަކަލުކޮށްފައިވާ ޕާސްޕޯޓާއިއެކު ރާއްޖެ އެތެރެވާން އުޅުނު ހަތަރު ބިދޭސީއަކު ހިފަހައްޓައިފި

ފޮޓޯ: ސަން އޮންލައިން

ނަކަލުކޮށްފައިވާ ސްޓޭމްޕްތަކެއް ޖަހާފައިވާ ޕާސްޕޯޓު ބޭނުންކޮށްގެން އޮޅުވާލައިގެން ރާއްޖެއަށް އެތެރެވާން އުޅުނު ހަތަރު ބިދޭސީއަކު އިމިގްރޭޝަނުން ހިފަހައްޓައިފި އެވެ.

ނަކަލުކޮށްފައިވާ ސްޓޭމްޕްތަކެއް ޖަހާފައިވާ ޕާސްޕޯޓު ބޭނުންކޮށްގެން ވެލާނާ އިންޓަނޭޝަލް އެއާޕޯޓުން ރާއްޖެ އެތެރެވާން އުޅުނު ހަތަރު ބިދޭސީއަކު ހިފަހައްޓާފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ.

https://twitter.com/ImmigrationMV/status/1810660037523837248?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1810660037523837248%7Ctwgr%5Ebc2ae500be4ef09af243117e30269ca5d0ff179e%7Ctwcon%5Es1_&ref_url=https%3A%2F%2Fmihaaru.com%2Fnews%2F135504

އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ކޮން ގައުމަކަށް ނިސްބަތްވާ ބައެއް ކަމެއް އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.

މިފަހުން އިމިގްރޭޝަނުން ދަނީ ނުގަވާއިދުން ރާއްޖޭގައި އުޅޭ ބިދޭސީން ހޯދައި ޑީޕޯޓް ކުރުމަށް ޚާއްސަ އޮޕަރޭޝަންތަކެއް ހިނގަމުންނެވެ. އެގޮތުން ހުސްވި މަހު ވެސް އިމިގްރޭޝަނުން މިހާތަނަށް ހިނގި އެންމެ ބޮޑު ރެއިޑް އޮޕަރޭޝަންގައި 84 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-