އެމެރިކާއާއި ރާއްޖެއާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ކުރިއަރުވައި ފުޅާކުރުމަށް އެ ގައުމުގެ ވިޔަފާރިންނާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ރާއްޖޭގައި ހުރި އިންވެސްޓްމަންޓު ފުރުސަތުތަކާ ބެހޭ މައުލޫމާތު އެ ގައުމުގެ ވިޔަފާރިވެރިންނާ ވަނީ ހިއްސާކުރައްވާފައެވެ. މި ބައްދަލުވުން އިންތިޒާމު ކޮށްފައިވަނީ އެމެރިކާގެ ޗެމްބާ އޮފް ކޮމާސުންކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓަރ ސައީދުގެ މި ދަތުރުފުޅަކީ ރާއްޖެއާއި އެމެރިކާއާ ދެމެދު އޮންނަ ވިޔަފާރިއާއި އިންވެސްޓުމަންޓުގެ ގުޅުން ފުޅާކުރުމަށް ކުރައްވާ ދަތުރުފުޅެއްކަމަށް މައުލޫމާތު ލިބެއެވެ.
އިންވެސްޓުމަންޓުގެ ގުޅުންތައް ފުޅާކުރުމަށް މިނިސްޓަރ ސައުދީ އަރަބިއްޔާއާއި ޗައިނާގެ އިތުރުން އިނގިރޭސިވިލާތަށް ވެސް ދާދި ފަހުން ވަނީ ވަޑައިގެންފައެވެ.