-Advertisement-

-Advertisement-

ކުޑަކުއްޖަކާއި ކައިވެނި ކުރި މައްސަލަ: 14 އަހަރަށް ޖަލަށް ލުމަށް ޙުކުމް ކޮށްފި

ފޮޓޯ: ސޯޝަލް މީޑިއާ

ކުޑަކުއްޖަކާއި ކައިވެނި ކުރި މައްސަލައިގައި ހައްޔަރު ކުރި އިސްމާއީލް ހައްމާދު 14 އަހަރަށް ޖަލަށް ލުމަށް ޙުކުމް ކޮށްފިއެވެ.

ކޯޓުން ބޭރުގައި އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކާ ކައިވެނީގެ ނަމުގައި ގުޅި އަދި ޖިންސީ ގުޅުން ހިންގުމަށް ފަހު، 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެކުއްޖާ ވިހެއި މައްސަލަ ވަނީ ފެންމަތިވެފައެވެ.

ކުޑަކުއްޖަކާއި ކައިވެނިކޮށްގެން އުޅޭކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވަނީ ދީނީ ޚިޔާލު ތަފާތުވުންތަކެއްގައި ހައްމާދަށް ބަޔަކު ހަމަލާދިން މައްސަލައެއް ތަހުގީގު ކުރަމުން ދަނިކޮށެވެ. މިއާއިއެކު ފުލުހުން ވަނީ އެމައްސަލަވެސް ބަލަން ފަށާފައެވެ. އަދި އޭނާއަށް ދިން ހަމަލާތަކަށް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު، ދޫކޮށްލުމުން ފުލުހުން އޭނާ ހައްޔަރުކޮށްފައިވެއެވެ.

އެއަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކުޑަކުއްޖަކާއި ކޯޓުން ބޭރުން ކައިވެނީގެ ނަމުގައި ގުޅި ޖިންސީ ގުޅުން ހިނގުމުގެ ކުށުގައި ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީހުން އޭނާގެ މައްޗަށް ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ ވަނީ ކޮށްފައެވެ. އަދި ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައެވެ.

ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާ ގާނޫނުގައި އެކުށަށް ކަނޑައަޅުއްވާފައިވާ އެންމެ ބޮޑު އަދަބު ކަމުގައިވާ 14 އަހަރުގެ މުއްދަތަކަށް ޖަލަށްލުމަށް ޙުކުމްކޮށްފައިވެއެވެ. އެހެންނަމަވެސް ޝަރީޢަތުގެ މަރުހަލާގައި ހައްމާދު ޖަލުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު ކޯޓުން ޙުކުމްކޮށްފައިވާ 14 އަހަރުގެ މުއްދަތުގެ ތެރެއިން އޭނާގެ މައްޗަށް ތަންފީޒު ކުރެވިގެންދާނީ 9 އަހަރާއި 4 މަހާއި 15 ދުވަސް ޖަލު އަދަބެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-