-Advertisement-

-Advertisement-

ރާއްޖެއަށް މޫސުން ގޯސް! ބޮޑު ބަޔަކަށް ހުދު ސަމާލު!

ވިއްސާރާގައި މާލޭގަ މަގުތަކުގައި ފެން ބޮޑުވެފައި – ފޮޓޯ: ނިއުސްލެބް

ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.

އެގޮތުން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަވެ ބޯކޮށް ވާރޭވެހި އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް އެ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ މިއަދުގެ މެންދުރު 12:00ން ފެށިގެން 18:00އި ހަމައަށެވެ.

މެޓް އޮފީހުން ހުދު ސަމާލު ނެރުނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށެވެ.

ހުދު ސަމާލުގައި ބުނެފައިވާގޮތުން، އެ ވަގުތުތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށްފައި ވާއިރު، މޫސުމަށް ސަމާލުވުމަށާއި ކަނޑުދަތުރުފަތުރު ކުރާ މީހުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-