އިސްލާމިކް މިނިސްޓްރީ އިން އިންތިޒާމުކޮށްގެން ބާއްވާ އިލްމުވެރިންގެ މަހާސިންތާގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ.
އިސްލާމިކް މިނިސްޓްރީ ވަނީ މިއަހަރު ހަ މަހާސިންތާއެއް ބާއްވަން ނިންމާފައެވެ. އެގޮތުން އޭގެ ތެރެއިން އަންނަ އޮގަސްޓް މަހުގެ 24 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޢިލްމުވެރިންގެ މަހާސިންތާގައި ބައިވެރިވުމަށް އެމިނިސްޓްރީން ވަނީ މިހާރު ހުޅުވާލާފައެވެ.
އެމިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ދީނީ ޢިލްމުވެރިންނަށް ހާއްސަކޮށްގެން ބާއްވާ މަހާސިންތާގެ މައުޟޫއަކީ “އިސްލާމީ ރިވެހި އަޚްލާގާއި، އަޚްލާގު ހިމާޔަތް ކުރުމުގައި އިލްމުވެރިންގެ ދައުރު” މިއެވެ.
މިމަހާސިންތާގައި މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވާ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލަށް ހާޒިރުވެގެން އަދި އޮންލައިންކޮށްވެސް ބައިވެރިވެވޭނެ ކަމަށް މިނިސްޓްރީ ބުނެފައިވެއެވެ.
އިސްލާމީކް މިނިސްޓްރީ މިއަހަރު ބޭއްވަން ނިންމާފައިވާ މަހާސިންތާތަކަކީ އިލްމުވެރިންގެ މަހާސިންތާ، ޖަމިއްޔާ މަހާސިންތާ، ޒަކާތު މަހާސިންތާ، ހައްޖުއުމްރާ މަހާސިންތާ އަދި ފަތުވާ މަހާސިންތާ އެވެ.