-Advertisement-

-Advertisement-

އެސްޓީއޯގެ ހިއްސާ އަކަށް 80ރ. ބަހަން ފާސްކޮށްފި

ފޮޓޯ: މިހާރު

އެސްޓީއޯގެ ހިއްސާ އަކަށް 80ރ. ބަހަން ފާސްކޮށްފި އެވެ.

މިދިޔަ އަހަރުގެ ފައިދާ އިން  ހިއްސާއަކަށް 80 ރުފިޔާ ބަހަން އެސްޓިއޯއިން ނިންމާފައިވަނީ އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި އެ އަދަދު ފާސްކުރުމަށްފަހު އެވެ.

ރޭ ވިއައިއޭ ސީޕްލޭން ޓާމިނަލުގެ ނީރި ލައުންޖުގައި ބޭއްވި އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި އެ އަދަދު ފާސްކޮށްފައިވަނީ އެޖަލްސާގައި ބައިވެރިވި 189 ހިއްސާދާރުންގެ 99 ޕަސެންޓު ވޯޓުންނެވެ.

އެސްޓިއޯގެ ފައިދާއިން 80ރ. ބަހަން ނިންމާފައިވާއިރު، މިއީ މިދިޔަ އަހަރު ފާސްކުރި އަދަދަށް ވުރެ 3ރ. ބޮޑު އަދަދެކެވެ. މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައި ވެސް އެ ކުންފުނިން ހިއްސާއަކަށް ބަހަން ނިންމި އެންމެ ބޮޑު އަދަދެވެ. އެގޮތުން މިދިޔަ އަހަރު އެކުންފުނިން ހިއްސާގެ ގޮތުގައި ބަހާފައިވަނީ 77ރ. އެވެ.

އެސްޓިއޯގެ އަހަރީ އާންމު ޖަލްސާގައި  ހިއްސާގެ ފައިދާ ބަހަން ނިންމުމުގެ އިތުރުން ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި ޑެލޮއިޓް  ވަނީ ހަމަޖައްސާފައިވާއިރު، އެ ކުންފުންޏަށް އުޖޫރައެއްގެ ގޮތުގައި 65،500 ޑޮލަރު (101،2630 ރުފިޔާ) ދިނުމަށް ވަނީ ނިންމާފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-