އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ބަޑިން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
ޓަރަމްޕްއަށް ހަމަލާދީފައިވަނީ ޕެންސްލެވޭނިއާ ބޭއްވި ކެމްޕެއިން އިވެންޓެއްގައި ސްޓޭޖަށް އަރާ ވަޑައިގެން ވާހަކަ ދައްކަވަނި ކޮށެވެ. ޓްރަމްޕްއަށް ބަޑިން ހަމަލާ ދިނުމުގެ ސަބަބުން އޭނާގެ ކަންފަތަށް ވަނީ ޒަހަމްތަކެއް ލިބިފައެވެ.
ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ޓްރަމްޕްގެ ފޮޓޯތަކުން އެނާގެ ކަންފަތުން ލޭ އަންނަ މަންޒަރު ފެނިގެންދާއިރު، އޭނާގެ ކައިރީގައި ބޮޑީގާޑުން ހަރަކާތްތެރިވާ މަންޒަރުވެސް ފެނިގެންދެއެވެ.
ޓްރަމްޕްއަށް ހަމަލާދިނުމާއިއެކު، ސީކްރެޓް ސާވިސްގައި ހިމެނޭ ހަތަރު މީހަކު ސްޓޭޖަށް އަރައި، ޓްރަމްޕް ވަށާލުމަށް ފަހު، ރައްކާތެރި ހިސާބަކަށް އޭނާ ވަނީ ގެންދެވިފައެވެ.

އެއަށްފަހު، ޓްރަމްޕްއަށް ފަރުވާ ދިނުމަށްޓަކައި ބަޓްލާ މެމޯރިއަލް ހޮސްޕިޓަލަށް ގެންދެވިފައިވާއިރު، މިހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ދިނުމަށްފަހު މިހާރު ޓްރަމްޕްއަށް ހޮސްޕިޓަލުން ގެއަށް ދޫކޮށްލުމުގެ ހުއްދަ ދީފައިވާ ކަމަށް އެމެރިކާގެ ނޫހެއް ކަމަށްވާ ބްލޫމްބާގް އިން ރިޕޯޓްކޮށްފައިވެއެވެ.
އެމެރިކާގެ ކުރީގެ ރައީސްއަށް ހަމާލާދިން މީހާއަށް ސީކްރެޓް ސާވިސްގެ ފަރާތުން އެތަނުގައި ހަރަކާތްތެރިވި މީހަކު ބަޑި ޖަހާ މަރާލާފައިވާއިރު، އޭނާ އަކީ 20 ޕެންސިލްވީނިއާ އަށް ނިސްބަތްވާ 20 އަހަރުގެ ފިރިހެނެއްކަމަށް އެފްބީއައި އާއި ހަވާލާދީ ސީއެންއެންއިން ރިޕޯޓްކޮށްފައިވެއެވެ.
ގިނަ ފަރާތްތަކަކުން އަންނަނީ މިހާދިސާ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމުންނެވެ. އެގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ މިކަހަލަ އެއްވެސް ހަމަނުޖެހުމެއް ހިންގުމަށް އެމެރިކާގައި ފުރުސަތު ނުދޭނެ ކަމަށާއި އެންމެން އެކަތިގަނޑަކަށް ވެގެން މިއަމަލު ކުށްވެރި ކުރަން ޖެހޭ ކަމަށެވެ.