-Advertisement-

-Advertisement-

ޒިފްލީނާގެ ފްލެޓް މައްސަލަ އޭސީސީއަށް

ޖެންޑާ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ޒިފްލީނާ ހަސަން 3.5 މިލިއަން ރުފިޔާއަށް ހުޅުމާލެއިން ފްލެޓެއް ބައްލަވައިގެން މައްސަލަ ފުލުހުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

ޒިފްލީނާ އަގުބޮޑު ފްލެޓެއް ބައްލަވައިގަތީ ނަހަމަގޮތުގައި ހޯދި ފައިސާއިން ކަމަށް ތުހުމަތުކުރާ މައްސަލައެއް ފުލުހުން އޭސީސީއަށް ފޮނުވާފައިވާއިރު، ފުލުހުން ބުނެފައިވަނީ ކުރީގެ ސްޓޭޓް މިނިސްޓަރަކާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކުރުމުން އެމައްސަލަ އަކީ ކޮރަޕްޝަންގެ މައްސަލައަކަށް ވުމުން އެ މައްސަލަ އޭސީސީއަށް ފޮނުވާފައިވާ ކަމަށެވެ.

ހުޅުމާލެއިން 1200 އަކަފޫޓުގެ ފްލެޓެއް ޒިފްލީނާ ގަތުމާއި ސޯޝަލް މީޑިއާގައި ދެކެވުނު ވާހަކަތަކާއި ގުޅިގެން އޭނާ ވަނީ މިދިޔަ ހޮނިހިރު ދުވަހު ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްފައެވެ. ޒިފްލީނާ ވިދާޅުވި ގޮތުގައި ހުޅުމާލޭގައި ހުރި އެޕާޓްމަންޓު ބިލްޑިންގް އަކުން އެޕާޓްމަންޓެއް ގަތީ

ސްޓޭޓް މިނިސްޓަރުކަމުގެ މަގާމު ލިބުމުގެ ކުރިން ކަމަށާއި އެ މަގާމާ ހަވާލުވެ ރައީސް އޮފީހަށް ހުށަހެޅި އެސެޓް ޑިކްލަރޭޝަން ފޯމުގައި އެ އެޕާޓްމަންޓުގެ މައުލޫމާތު ހިމަނާފައިވާނެ ކަމަށެވެ. އަދި އެޕާޓްމަންޓުގައި ދިރިއުޅެމުން އަންނަތާ ހަތަރު އަހަރު ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޒިފްލީނާ ހުޅުމާލެއިން ބައްލަވާގެފައިވަނީ 3.5 މިލިއަން ރުފިޔާއަށްދޭ ފްލެޓެއް ކަމަށްބުނެ ގިނަ ބަޔަކު ދަނީ އެފައިސާ ހޯދި ގޮތަކާ މެދު ސުވާލު އުފައްދަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-