-Advertisement-

-Advertisement-

ގަވަރުނަރު ހާޝީމް މިއަދު މަޖިލިހުގެ ކޮމެޓީއަށް ހާޒިރުކުރަނީ

ގަވަރުނަރު އަލީ ހާޝިމް - ފޮޓޯ/މަޖިލިސް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް، ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީއަށް މިއަދު ހާޒިރުކުރަން ނިންމައިފިއެވެ.

މިއަދު 11:00ށް ތާވަލުކުރެވިފައިވާ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް ހާޝިމް ހާޒިރުކުރުމަށް ނިންމައިފައިވާއިރު، މީގެ ކުރިންވެސް އެ ކޮމެތީގެ ބައްދަލުވުމަކަށް ހާޝިމް ހާޒިރުކުރުމަށް ތާވަލުކުރިއެވެ.

އެހެންނަމަވެސް، އެ ބައްދަލުވުން ވަނީ ކުއްލި ގޮތަކަށް ފަސްކޮށްފައެވެ.

މިއަދުގެ ބައްދަލުވުމަށް، ހާޝިމްގެ އިތުރުން ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދާއި އެސިސްޓަންޓް ގަވަރުނަރު އިދުހާމް ހުސެއިން ވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ހާޝީމް މަޖިލިހުގެ ކޮމިޓީއަށް ހާޒިރު ކުރާއިރު، ހާޝިމް އެ މަގާމުން ވަކިކުރުމުގެ މަސައްކަތް މާލިއްޔަތު ކޮމިޓީން ވަނީ ފަށައިފައެވެ. އެ މައްސަލަ އިސްވެ، ކޮމިޓީ އަށް ހުށަހެޅުއްވީ މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހްމަދު ނާޒިމް ވަނީ ގައުމުގެ އިގްތިސޯދު ހީނަރުވެ، އަލުން އަނބުރާ އިޔާދަ ކުރަން އުނދަގޫ ހިސާބަކަށް ގައުމުގެ އިގްތިސޯދު ނިކަމެތިވެގެން ދިޔައިރު،، އެމްއެމްއޭގެ ގާނޫނުގައި ބަޔާން ކުރާ މަގްސަދުތައް ހާސިލް ކުރެވިފައި ނެތް ކަމަށް ވިދާޅުވެފައެވެ. އަދި އެމްއެމްއޭގެ މައިގަނޑު އެއް އަސާސްކަމުގައިވާ މަނިޓަރީ ޕޮލިސީ އޭގެ އެންމެ އެކަށޭނެ ގޮތުގައި ހިނގަމުންދާކަން ފެންނަމުން ނުދާ ކަމަށް ނާޒިމް ވިދާޅުވެފައިވެއެވެ.

އަލީ ހާޝިމް، އެމްއެމްއޭގެ ގަވަރުނަރަކަށް އައްޔަން ކުރީ ސެޕްޓެމްބަރު 2019 ގައެވެ. އޭނާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރައްވައިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-