-Advertisement-

-Advertisement-

ފެނަކައިން 278 ސަޕްލަޔަރަކަށް ފައިސާދީ ޚަލާސްކޮށްފި

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު

ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ޚިދުމަތް ހޯދުމަށްފަހު އެ ޚިދުމަތް ފޯރުކޮށްދިން ސަޕްލަޔަރުންނަށް ނުދީ ހުރި ގިނަ އަދަދެއްގެ ފައިސާތަކުގެ ތެރެއިން  278 ސަޕްލަޔަރުންނަށް ފައިސާދީ އެއްކޮށް ހަލާސްކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ރޭ ކުރިޔަށްދިޔަ ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާއި ހަވާލުވި އިރު ފެނަކަ ކޯޕަރޭޝަނުން ދިވެހި ސަޕްލަޔަރުންނަށް ދޭން ޖެހޭ 1.7 ބިލިއަން ރުފިޔާ ހުރި ކަމަށާއި އެފައިސާތައް ދިނުމުގެ މަސައްކަތް ކުންފުންޏާއި ހަވާލުވި ދުވަހުން ފެށިގެން ފަށްޓައިފައިވާކަމަށެވެ.

އެގޮތުން ފާއިތުވި 7 މަސް ދުވަހުގެ ތެރޭގައި މިހާތަނަށް 300 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަޕްލަޔަރުންނަށް ދޫކޮށްފައިވާކަމަށްވެސް މުއާޒް ވިދާޅުވިއެވެ.

އެގޮތުން މި ސަރުކާރު އައި ފަހުން ފެނަކައިގެ ފަރާތުން ހޯދާ ޚިދުމަތްތަކަށް ދޭންޖެހޭ ފައިސާ ޚިދުމަތް ފޯރުކޮށްދޭ ސަޕްލަޔަރުންނަށް ދުވަހުން ދުވަހަށް ދެމުން އަންނަކަމުގައިވެސް މުއާޒް ވަނީ ވިދާޅުވެފައެވެ.

ރައީސް މުޢިއްޒުގެ އިރުޝާދުގެ ދަށުން ފެނަކަ ކޮޅަށް ޖެހުމަށް މުހިންމު މަސައްކަތްތަކެއްގެ ތެރެއިން އެ ކޯޕަރޭޝަންގެ ޚަރަދުތައް ކުޑަކޮށް، ފަސާދައަށް ހުރި ހުރިހާ މަގެއް ބަންދުކުރާނެ ކަމަށް މުއާޒް ވަނީ މީގެ ކުރިން ވިދާޅުވެފައިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-