-Advertisement-

-Advertisement-

ގަވަރުނަރު ބަލިވެ އުޅުއްވާތީ މިއަދުގެ ކޮމެޓީވެސް ކެންސަލް

ގަވަރުނަރު އަލީ ހާޝިމް. ފޮޓޯ: ސޯޝަލް މީޑީއާ

ބަލިވެ އުޅުއްވުމުގެ ސަބަބުން މިއަދުބ 11:00ށް ތާވަލްކުރެވިފައި އޮތް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމެޓީއަށް ވަޑައިނުގަންނެވޭނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް އަންގަވައިފިއެވެ.

އެގޮތުން ގަވަރުނަރު އަލީ ހާޝިމް އަލާސްކަންފުޅާ އުޅުއްވާތީ މިއަދު އޮފީހަށް ވަޑައިނުގަންނަވާ އެމްއެމްއޭއިން ރައްޔިތުންގެ މަޖިލިހަށް ފޮނުވި ސިޓީއެއްގައި ބުނެފައިވާއިރު، އެކަމުގެ ސަބަބުން ކޮމެޓީއަށް ޖަވާބުދާރީ ވެވަޑައިގަތުމަށް  މިއަދު ގަވަރުނަރަށް ހާޒިރުވެވަޑައިނުގެންނެވޭނެ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

މިއަދުގެ ކޮމިޓީގެ އެޖެންޑާގައި އޮތީ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ ދިނުމާއި ގުޅޭ މައްސަލައާ ގުޅޭ ގޮތުން ގަވަރުނަރާ ބައްދަލުކުރެއްވުމެވެ.

މިއަދުގެ ބައްދަލުވުމަށް ވަޑައިގަތުމަށް ހަމަޖެހިފައި އޮތީ ހާޝިމްގެ އިތުރުން ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދާއި އެސިސްޓަންޓް ގަވަރުނަރު އިދުހާމް ހުސެއިނެވެ.

ހާޝިމް މަޖިލިހުގެ ކޮމިޓީއަށް ހާޒިރު ކުރާއިރު، ހާޝިމް އެ މަގާމުން ވަކިކުރުމުގެ މަސައްކަތް މާލިއްޔަތު ކޮމިޓީން ވަނީ ފަށައިފައެވެ. އެ މައްސަލަ އިސްވެ، ކޮމިޓީ އަށް ހުށަހެޅުއްވީ މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-