-Advertisement-

-Advertisement-

ބަންގްލަދޭޝްގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކަށް އަނިޔާވެއްޖެ

ބަންގްލަދޭޝްގައި އެކްސިޑެންޓްވި ހައިޝަމް

ބަންގްލަދޭޝްގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކަށް އަނިޔާވެ ފަރުވާދޭން ފަށައިފިއެވެ.

މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ، “ހިދުމަތް” ޖަމިއްޔާގެ ފަރާތުން ބަންގްލަދޭޝްގައި އިމާރާތް ކުރާ މިސްކިތުގެ މަސައްކަތުގައި އެ ޤައުމުގައި ޙަރަކާތްތެރިވާ އެ ކުންފުނީގެ އޮޕަރޭޝަންސްގެ މެނޭޖަރު، ހުސައިން ހައިޝަމްއެވެ.

“ހިދުމަތް” ޖަމިއްޔާ އިން ބުނީ، އެކްސިޑެންޓްވެފައިވަނީ ޑާކާއިން ޗިޓަގޮންގްއަށް ދަތުރު ކުރަމުން ދަނިކޮށް އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ކަމަށާއި މި އެކްސިޑެންޓް ހިނގުމަށް މެދުވެރިވީ، ހައިޝަމް ދަތުރުކުރި ކާރު ދުއްވަން އިން ޑްރައިވަރަށް ނިދި ޖެހުމުގެ ސަބަބުން ގަހެއްގައި ޖެހިގެން ކަމަށެވެ.

އެގޮތުން  ހައިޝަމްގެ ފައިގެ މާކަޅުވާ ކަށިގަނޑު ބިންދައިގެން ދިޔުމުގެ ސަބަބުން ހޮސްޕިޓަލްގެ އިމަރޖެންސީގައި ފަރުވާދެމުން އަންނަ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

އަދި އެންމެހާ ބޭފުޅުންގެ ދުޢާގައި ހައިޝަމް ބައިވެރިކޮށްދެއްވުމަށް އެ ޖަމިއްޔާއިން ވަނީ އެދިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-