-Advertisement-

-Advertisement-

ލޯބިވެރިޔާއަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި މީހަކު 30 ދުވަހަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ކްރިމިނަލް ކޯޓު /ފޮޓޯ: ސަން

މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ގދ. ތިނަދޫއަށް ނިސްބަތްވާ 22 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު، އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް 30 ދުވަސް ޖަހާފައިވާ އިރު، އޭނާ މީގެ ކުރިން 26 ފަހަރު ބަންދުކޮށްފައިވާ ކަން ކޯޓު އަމުރުން އެނގިގެންދެއެވެ.

މިމައްސަލާގައި ފުލުހުން ވަނީ މުއްތަހަމް އާއި ދެކޮޅަށް އަނިޔާވެރި އަމަލު ހިނގި ކަމުގެ ހެކި ހުށަހަޅާފައެވެ. މީގެ އިތުރުން ބަންދުން ދޫކޮށްލާފިނަމަ ލޯބިވެރިޔާއަށް އަނިޔާކޮށް މާރާމާރީގެ ކުށް ތަކުރާރު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.

ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން އޭނާ ކޮށްފައިވާ ކުށަކީ ޖިނާއީ ބޮޑެތި ކުށުގެ ގޮތުގައި ބެލެވޭ ކުށްކަމުގައިވާތީވެ އޭނާގެ މައްޗަށް ދެ ދައުވާއެއް ކުރެވިދާނެ ކަމަށް ބަޔާންކޮށްފައެވެ.

މުއްތަހަމް އާއި އޭނާ އަނިޔާވެރި އަމަލު ހިނގާފައިވާ ފަރާތާއި ދެމެދު ލޯބީގެ ގުޅުމެއްވާކަން މުއްތަހަމްގެ ވާހަކަތަކުން އެނގިގެންދާ ކަމަށް ކޯޓުން އަމުރުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، ލޯބިވެރިޔާއަށް އެއްވެސް އަނިޔާއެއް ނުކުރާ ކަމަށާއި މިއީ ރުޅިއައިސްގެން ހިނގި ޒުވާބެއްކަމަށް އޭނާ ބުނެފައިވާ ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ. އަދި އޭނާގެ އަތުން ފެނިފައިވާ ވަޅިއަކީ އޭނާ ޑައިވިންނަށް ދާއިރު ބޭނުން ކުރާ އެއްޗެއް ކަމަށް އޭނާ ވަނީ ބުނެފައިވާ ކަމަށް ވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-