-Advertisement-

-Advertisement-

އޮލިމްޕަސް ކެފޭގެ ސީލިން ވެއްޓުނީ ކަތުރުފަނި އަޅާއިގެން: އެންސީއޭ

ފޮޓޯ: ސޯޝަލް މީޑިއާ

އޮލިމްޕަސް ކޮމްޕްލެކްސްގައި ހިންގަމުންދާ ކެފޭގެ ސީލިން ވެއްޓުނީ ކަތުރުފަނީގެ ސަބަބުން ކަމަށް ނެޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އިން ބުނެފިއެވެ.

ރޭ ގަނޑިން 23:00 ކަންހާއިރު އޮލިމްޕަސް ރެސްޓޯރެންޓްގެ ސީލިން ވެއްޓިފައިވާއިރު މައުލޫމާތު ލިބިފައިވާ ގޮތުގައި އެވަގުތު ރެސްޓޯރަންޓު ތެރޭގައި މީހުންވެސް ތިއްބެވެ.

މިހާދިސާގައި އެއްވެސް ފަރާތަކަށް އަނިޔާވެފައި ނުވާ ކަމަށާއި މިފަދަކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންސީއޭ އާއި ހަވާލާދީ ޔޫތް މިނިސްޓްރީން ބުނެފައިވެއެވެ.

މީގެއިތުރުން، ހަމައެހެންމެ އިމާރާތް ބާވެ ކަތުރުފަނީގެ ސަބަބުން ހަލާކުވެފައި ހުރި ތަންތަން ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންސީއޭއިން ބުނެފައިވެއެވެ.

ދިގު މުއްދަތަކަށް އޮލިމްޕަސް ބަންދުކޮށްފައި އޮތުމަށްފަހު، ބޭރު ގައުމެއްގެ އެހީއާއި ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއްކޮށްގެން އޮލިމްޕަސް އަލުން ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ 4 ވަނަ ދުވަހުއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-